އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް-- ފޮޓޯ: އަދަދު
ހަބަރު
27 Dec 2022 | 14:15
އެމްޑީޕީގެ ދަފްތަރުގައި ތިބި އެހެން ޕާޓީތަކުގެ މެންބަރުންގެ ތެރެއިން އެންމެ ގިނައީ ޕީޕީއެމް މީހުން

އެމްޑީޕީގެ މެންބަރުންގެ ތެރެއިން 40،000 މެންބަރުންނަށް އެންގުމަކާ ނުލާ ޕާޓީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށް، ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ވިދާޅުވަމުން އަންނަ ވާހަކަތަކަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރޭ ރައްދުދެއްވައިފި އެވެ.

ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައިވެސް ނަޝީދު ފެކްޝަންގެ މެންބަރުން ޕާޓީން، ޕާޓީގެ އަސްލު މެންބަރުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެފައި ވާއިރު، ޗެއާޕާސަން ވަނީ މެންބަރުން ވަކި ކުރި ސަބަބު ތަކާއި، އެ ވަކި ކުރި މެންބަރުން ނިސްބަތްވާ ޕާޓީ އާއި، އެ ޕާޓީ ތަކުގެ މެންބަރުންގެ ތެރެއިން އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދުވެސް ހާމަކުރައްވާފައެވެ. 

ފައްޔާޒް ވިދާޅުވީ، މީގެ ކުރިން ވެސް ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އުފެދިފައި އޮތް އެންމެ ކަންބޮޑުވުމަކީ އެހެން ޕާޓީތަކުގެ މެންބަރުން ވޯޓު ލުން ކަމަށާ، ނަމަވެސް މިހާރު އެ ފުރުސަތު ބަންދުވެފައިވާ ކަމަަށެވެެ.ފާހަގަކުރައްވައި

އެގޮތުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ދަފްތަރު ސާފުކުރުމުގެ ކުރިން އެމްޑީޕީ ދަފްތަރުގައި ތިބި 39911 މެންބަރުންނަކީ އީސީގެ ދަފްތަރުގައި ނެތް މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން އެމްޑީޕީއަށް އަނބުރާ ގެނެވުނީ 5325 މެންބަރުން ކަމަށެވެ.

އެމްޑީޕީގެ ދަފްތަރުގައި ތިބި އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދު:

ޕީޕީއެމް - 6350

އެމްއެންޕީ -3845

ޖޭޕީ - 3788

އެމްޑީއޭ - 3087

އަދާލަތު ޕާޓީ - 1711

އެމްޓީޑީ - 1543

އެމްއާރްއެމް - 928

އެމްއެސްޑީޕީ - 875

ޕީއެންސީ - 668

ޑީއާރްޕީ - 389

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ދަފްތަރުން އުނި ކުރެވުނު 11114 މީހުންނަކީ އެއްވެސް ޕާޓީއަކަށް ރެޖިސްޓްރީ ވެފައިވާ ބައެއް ނޫން ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ބައިވަރު އެމްޑީޕީއަށް ކުރިއްސުރެ ނިސްބަތްވެފައި ތިބި މެންބަރުން ތަކަކަށް މިއަދު މި ވޯޓު ލުމުގެ ފުރުސަތު ގެއްލިގެން މިއޮތީ ގޮސްފައި، އެހެންނަމަވެސް އެއީ އަޅުގަނޑުމެންގެ އަސާސީ ގަވައިދާއި ސިޔާސީ ޕާޓީތަކުގެ ގަވައިދާއި މި ގައުމީ މަޖިލީހުން ނިންމި ނިންމުމަމަކާ ދެވުނު ތިން މަސް ދުވަހުގެ މުއްދަތަކާ މިއަދާ ހަމައަށް އައިރު އަށް މަސް ދުވަސް ވެފައި،" ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.