ހުޅުމާލެ
ވިޔަފާރި
28 Dec 2022 | 09:04
ހުޅުމާލެ ކޮމާޝަލް ޔުނިޓުތަކުގެ ސިލްސިލާ ސާވޭތަކެއް ފަށައިފި

އެޗްޑީސީއިން ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކުގެ ސިލްސިލާ ސާވޭތަކެއް ފަށައިފިއެވެ.

މި ސާވޭގެ ދަށުން، ޔުނިޓްތަކުގައި އެގްރިމަންޓާއި ހިލާފު އެއްވެސް މަސައްކަތެއް ކުރޭތޯއާއި އަދި ޔުނިޓު ހިންގަމުންދަނީ ދެވިފައިވާ ބޭނުަމަށްތޯ ބަލާނެ ކަމަށް އެޗްޑީސީން މައުލޫމާތުދިނެވެ.

އެޗްޑީސީގެ އެސިސްޓެންޓް އެސްޓޭޓް އޮފިސަރ އައިމިނަތު ޝަހާ މުހައްމަދު ވިދާޅުވީ، އެޗްޑީސީއިން ވިޔަފާރި އުސޫލުން ދެވިފައިވާ ހުރިހާ ޔުނިޓްތަކެއްގެ ސާވޭ ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ރަށުމާރުކޭޓުޔައާއި ގަރާޖު ޔުނިޓްތަކުގައި ކަމަށެވެ.

"މި ސާވޭގެ މައިގަނޑު މަގުސަދަކީ އެ ޔުނިޓު ހަވާލު ކޮށްފައިވާ މައިގަނޑު މަގުސަދު ހާސިލުވޭތޯ ބެލުން. އެ ދެވިފާވާ ބޭނުމަށްތޯ ޔުނިޓް ބޭނުން ކުރެވެމުން ދަނީ. އަދި މަހުން މަހަށް ކުލި ދައްކާތޯ ބެލުން. ހަމަ އެގޮތަށް، ޔުނިޓް ދޫކުރެވިފައިވާ ފަރާތުން އެއްބަސްވުމާ ހިލާފަށް އެހެން ފަރާތަކަށް ކުއްޔަށް ދެވިފާ ވޭތޯ ބެލުން،" ޝަހާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްބަސްވުމުގެ އިތުރުން ޔުނިޓް ބޭރުގައި އެއްޗެހި ބަހައްޓާތޯވެސް ބަލާނެ ކަމަށް ޝަހާ ވިދާޅުވިއެވެ.

މިއީ ތަކުރާރުކޮށް ކުރިއަށް ގެންދެވެމުންދާނެ ސާވޭއެއް ކަމަށް އެޗްޑީސީއިން މައުލޫމާތު ދިނެވެ. ސާވޭގައި ފާހަގަ ކުރެވޭ ކަންތައްތައް ރަނގަޅު ކުރުމަށް އެޗްޑީސީން އަންގާނެ ކަމަށާއި އެހެންކަމުން އެޗްޑީސީން ފާހަގަކުރި ކަންތައްތައް ހުރިހާ ޓެންޓެންޓުންވެސް ރަނގަޅު ކޮށްލުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.