މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު: ފޮޓޯ/ ޕީޕީއެމް
ހަބަރު
29 Dec 2022 | 10:02
"ރައީސް ޔާމީން ޖަލަށް ގެންދިޔަތާ ތިންވަނަ ދުވަހު އެމަނިކުފާނުގެ ވާހަކައިގެ ތެދުކަން އެ ހާމަވީ"

ކުރީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޖަލަށް ގެންދިޔަތާ ތިންވަނަ ދުވަހު އެމަނިކުފާނުގެ ވާހަކައިގެ ތެދުކަން ހާމަވެގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ރޭގައި އޮތް އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ގެންދިޔުމުގެ ކުރިން، އެމަނިކުފާނުގެ ޢާއިލާއާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެދިލެއްވި ކަމަށެވެ. އެހެން ނަމަވެސް، އެ ފުރުސަތު ވެސް އެމަނިކުފާނަށް ނުދެއްވުމުން މި ސަރުކާރުގެ އަނިޔާވެރިކަމާއި، އިންސާނިއްޔަތު ކަމެއް ނެތް ކަން ހާމަވެގެން ދޮޔަ ކަމަށެވެ.  

އަދި ރައީސް ޔާމިން އެދިލައްވާ ފަދައިން އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އިދިކޮޅު ކޯލިޝަން އޮންނާނީ ފަހުވަގުތާއި ޖެހެންދެންވެސް އެކީ އެކަތިގަނޑަކަށް ކަމަށްވެސް ސައީދު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ، ސަބަބު ވެރި އިންސާނެއްގެ ސިކުޑިން ވިސްނާލުމުން އެނގިގެން ދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ވެރިކަން ކުރުމުގެ ގާބިލް ކަން ނެތް ބޭފުޅެއް ކަމަށެވެ. އަދި ހަމަ އެހެންމެ، އެފަދައިން ވިސްނާލުމުން އެމަނިކުފާނު އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން ދެއްކެވި ވާހަކައިގެ ތެދުކަންވެސް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.  

"ރައީސް ޔާމީން ޖަލަށް ގެންދިޔަތާ ތިންވަނަ ދުވަހު ރައީސް ޔާމީން ވިދާޅުވި ވާހަކައިގެ ތެދުކަން ހާމަވެގެން އެ ދިޔައީ. މިއަދު އުތުރު ތިލަފަޅު އެ ހަވާލު ކުރީ އިންޑިއާގެ ރެއިލްވޭ ކުންފުންޏަކާ." ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރިއަަށް އޮތް ތަނުގައި ރާއްޖޭގެ މައި ދޮރޯށިވެސް އިންޑިއާގެ ޕޯޓަށް ވިއްކާލާފާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އަދި ރައީސް ޔާމީން ޖަލަށް ލައިގެން، ދިވެހިރާއްޖެ ބޭރުގެ ބަޔަކަށް ވިއްކާލަން މަސައްކަތް ކުރާ ކުރުން، ސަބަބު ވެރި އިންސާނެއްގެ ސިކުޑިން ވިސްނާލުން ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ނުވުސްނެނީ ކީއްވެތޯވެސް ސައީދު ވަނީ ސުވާލު ކުރައްވާފައެވެ. 

އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމް އާ ހަވާލު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ އިންޑިއާގެ ރެއިލްވޭ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ. 

ކޮމެންޓް
ސަޒިން
އިބޫ އައުޓް އިބޫ އައުޓް
30 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.