އިދިކޮޅު ހަރަކާތު ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއިލް: ފޮޓޯ/ ޕީޕީއެމް
ހަބަރު
29 Dec 2022 | 15:26
މާދަމާ އިހްތިޖާޖް ކުރާނީ ފުލުހުންގެ ޗާޓާއި އެއްގޮތަށް: އިދިކޮޅު

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާދަމާ ކުރިއަށް ގެންދާ އިހްތިޖާޖް ކުރިއަށް ގެންދާނީ ފުލުހުންގެ ޗާޓާއި އެއްގޮތަށް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މާދަމާގެ އިހްތިޖާޖާއި ގުޅޭ ގޮތުން ފުލުހުންނާއި ބައްދަލު ކުރެއްވުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅުން މާދަމާ ކުރިއަށް ގެންދާ މުޒާހަރާ ކުރިއަށް ގެންދާނީ ފުލުހުން ދައްކާ ފައިވާ ރޫޓަކުން، އެ އިދާރާއިން ހުއްދަދިން ގޮތަށް ކަމަށެވެ. 

އަދި އެ އިހްތިޖާޖް ވަރަށް ގާތުން މޮނިޓަރ ކޮށް ސެކިޔުރިޓީ ގެ ކަންކަންވެސް ބަލަހައްޓައި ދޭނެކަމަށް ފުލުހުން ވިދާޅުވެފައިވާ ކަން ފާހަގަކުރައްވައި ޝުޖާއު ވަނީ އެ އިހްތިޖާޖް ގައި ދިވެހި އެންމެހައި ރައްޔިތުން، ޚާއްސަކޮށް، ރައީސް ޔާމީނަށް ތާއިދުކުރާ ފަރާތްތަކުން ބައިވެރިވުމަށް އެދިލައްވާފައެވެ. 

ޝުޖާއުގެ އިތުރުން، އިދިކޮޅު ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއިލް ވިދާޅުވީ، މާދަމާގެ އިހްތިޖާޖް ކުރިއަށް ދާނީ ފުލުހުން ދީފައިވާ ރޫޓާއި އެއްގޮތަށް ކަމަށާއި އެކަމުގެ ޔަގީންކަން ފުލުހުންނަށްވެސް ދީފައިވާނެ ކަމަށެވެ. 

"އަޅުގަނޑުމެން ފުލުހުންނަށް ވަރަށް ބޮޑަށް ޔަގީންކަން ދިނިން އަޅުގަނޑުމެން ފުލުހުން އެދިވަޑައިގަންނަވާ ގޮތުގެ މަތިން، ސުލްހަވެރިކަމާއި އެކީ، ދީފައި އޮތް ޗާޓުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާނެ ކަމަށް."

"އަޅުގަނޑުމެން އެއްވެސް އިރެއްގައި، މަގުމަތީގައި ކޮންމެ ރެއަކު މިހާރު މި ކުރަމުންދާ މުޒާހަރާ ތަކުގައިވެސް އަދި ކުރިން އަޅުގަނޑުމެން ކޮށްފައިވާ މުޒާހަރާ ތަކުގައިވެސް، ފުލުހުން ގެ އަމުރަށް ނުކިޔަމަންތެރިވެފައެއް ނޯންނާނެ. ފުލުހުންގެ ގަޔަށް ބޮލަށް އަރާފައެއް ނޯންނާނެ. ހަޑި ބަހުން ވާހަކަ ދައްކާފައެއް ނޯންނާނެ. ޕީޕީއެމް އަކީ ކޮންމެ ކަމެއް ކުރިޔަސް އަބަދުވެސް އަޚްލާގީ މިންގަނޑު ތައް ހިފަހައްޓާ ބައެއް." މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ، މާދަމާގެ އިހްތިޖާޖަކީ ފުލުހުންނާއި ގުޅިގެން ހިންގާ ސުލްހަވެރި އިހްތިޖާޖެއް ކަމަށާ، އެހެންކަމުން، ރައީސް ޔާމީނަށް ތާއީދު ކުރާ، އަދި އިންޑިޔާގެ އަޅުވެތި ކަމުން ރާއްޖެ ސަލާމަތް ކުރަން ބޭނުންވާ އެންމެހައި ފަރާތްތަކުން މާދަމާ 3:45 އަށް ޕީޕީއެމް އޮފީސް ދޮރުމައްޗަށް ނުކުތުމަށް އެދިލައްވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.