ގެއަކުން ނެރެފައި ހުރި ކުނި ވެމްކ ޯޯއިން ނުނަގާ: ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
29 Dec 2022 | 16:16
ރައްޔިތުން އަތުން ފައިސާ ނެގުމަށްފަހު، ވެމްކޯއިން ކުނި އުކައިނުދޭ މައްސަލަ

މާލެ  އަދި ވިލިމާލޭ ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ހަވާލުވެފައިވާ ވެމްކޯ އިން، ރައްޔިތުންގެ އަތުން  އެކަމަށް ފައިސާ ނެގި ނަމަވެސް ކުނި އުކައި ނުދޭ މައްސަލަ ފެންމަތިވެއްޖެއެވެ. 

މީގެ ކުރިން ގޭބީސީތަކުން ކޮތަޅުތަކަށް އަޅައިގެން ނެރޭ ކުނި ވެމްކޯއިން ނަގަމުންދިޔަ ނަމަވެސް ރޭ މަގުތަކަށް ކޮތަޅުތަކަށް އަޅާފައި ނެރުނު ކުނި އެ ކުންފުނިން ނުނަގައެވެ.

އެކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުޢިިއްޒު ވިދާޅުވީ، އެ ކުންފުނިން އެފަދައިން ކަން ކުރީ ގަސްތުގައި ކަމަށެވެ.

އަދި އެ ގޮތުން ގޭގެއިން ނެރެފައިވާ ކުނީގެ 10 ޓަނު ކުނި މިހާރުވެސް މަގުތަކުން ނަގާފައިވާ ކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތައް ސާފުކޮށް ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެ ކައުންސިލުން ކުރާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ވެމްކޯގެ ބަހެއް ލިބޭތޯ ، ވެމްކޯގެ މީޑިއާ އޮފިޝަލް ގެ އަރިހުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ، މެނޭޖްމަންޓް ގެ ބަހެއް ނުލިބޭތީ އެއްޗެއް ދެންނެވެން ނެތް ކަމަށެވެ. 

މާލެއާއި ވިލިމާލޭގެ އާއްމު ތަންތަން ސާފުކުރުމާއި ކުނިނެގުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރި އެއްބަސްވުން އާނުކޮށް ސިޓީ ކައުންސިލުން މިހާރު ވަނީ އެކަން  ކުރަން ފަށައިފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން މައުލޫމާތުދޭން އިއްޔެ ބޭއްވި މީޑިއާ ބްރީފިން އެއްގައިވެސް  މުއިއްޒު ވިދާޅުވީ ގޭގެއިން ނަގާ ކުނި ވެމްކޯއިން އެއްކުރާ ތަންތަނުން ރޭ ކުނި ނުނަގާ ކަމަށެވެ. އެއީ "ސިޔާސީ ގޮތުން ޖެއްސުންކުރަން ކުރިކަމެއް" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އެގޮތަށް ކަންތައްް ކުރާ އިރު ވެމްކޯ އަކީ ދައުލަތުން ފައިސާދޭ ސަރުކާރު ކުންފުންޏެއް ކަމަށާއި ރައްޔިތުން ވެސް އެކުންފުންޏަށް ފައިސާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ