ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް: ފޮޓޯ/ މަޖިލިސް
ހަބަރު
30 Dec 2022 | 14:18
"އިންސާފު ހޯދައިދޭން ބުނި މީހުންނަށް އިންސާފު ނުލިބި، ރިއެކްޓެއް ނުކޮށް ރައީސް ނަޝީދު ދިނީ އިސްތިއުފާ"

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އައުމުގެ ކުރިން އިންސާފު ހޯދައިދެއްވާނެ ކަމަށް ބުނީި އެއްވެސް ފަރާތަކަށް އިންސާފު ނުލިބި އެއްވެސް "ރިއެކްޓެއް" ނުކޮށް އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބުރޭ) ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ އެއްވެސް ކަމެއްވާ ބޭފުޅެއް ނޫން ކަމަށާ، އަދި އެއްވެސް ކަމަކަށް ރިއެކްޓް ވެސް ކުރައްވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ރައީސް ނަޝީދު ފާޑުވިދާޅުވުމާއި ގުޅިގެން، ކެލާ އިބުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ އިވާން ނަސީމާއި އަދި ސޮލާހުގެ މަރުތަަކާއި އަދި ޖަލުގަ ހިންގި ލާއިންސާނީ ޖަރީމާތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވެގެން ކަމަށެވެ. 

"މީގެ އެއްވެސް މަރަކަށް އަދި އެއްވެސް ފަރާތަކަށް އިންސާފުނުލިބި އެއްވެސް ރިއެކްޓެއް ނުކޮށް ނަޝީދު ދިނީ އިސްތިއުފާ!" ކެލާ އިބުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ނަޝީދުގެ ކެމްޕެއިން، "ފިކުރެއްގެ ދިރުން" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސަރުކާރު ހިންގުމުގެ ތެރޭގަ އާއި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، "ރިއެކްޓް" ނުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

"ނުވި، ނުވި. ނުވި. ރިއެކްޓެއް ނުކުރެއްވި. ވެށިފަށި މާލެ ޕްރޮގްރާމަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް. އެއްދަންފަޅީގެ މަދަރުސާއަކަށް ވެސް ނެތޭ ރިއެކްޝަނެއް. އައްޑޫ ސިޓީއާ ބޮޑެތި ރަށްތަކުގެ އިގުތިސޯދު ވަށައިގެންވާ އެހެން ރަށްތަކާ އަދި ތިނަދޫގެ ބޮޑު އިގުތިސޯދު، ބޮޑު އިގުތިސޯދު. ހުވަދު އަތޮޅުގެ އެތައް ރަށެއްގެ، ކިތައްމެ ރަށެއް މިހާރު އެބަހުރި 4،000 މީހުންނަށް ދާ. މިއީ އެކަށީގެންވާ ރަނގަޅު ވިކުރާއެއް ނުކުންނާނެ ވިޔަފާރި ކުރެވޭނެ ރަށްރަށް،" 

"ރައީސް ސޯލިހު އެތައް ތަގުރީރެއްގައި، ކިތައްމެ އިންޓަވިއުއެއްގައި ސާފު ސަރީހަ އިބާރާތުން ވިދާޅުވަމުން ގެންދެވި ވާހަކަ. ނަމަވެސް ވެރިކަމަށް ވަޑައިގެންފައި ރިއެކްޓެއް ނުކުރެއްވި." ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދުގެ މިވާހަކަ އާއި ގުޅިގެން އެމްޑީޕީގެ ރައީސް ޞާލިހުގެ ފެކްޝަނުގެ މެންބަރުން އަންނަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.