ޕެލޭ ސަންޓޯސް ޓީމަށް ކުޅެނީ
ކުޅިވަރު
30 Dec 2022 | 21:02
ޕެލޭގެ ކުޅުން ބަލާލުމަށް ނައިޖީރިއާގެ ދާޚިލީ ހަގުރާމަ 48 ގަޑި އިރަށް ހުއްޓާލި!

1967 ވަނަ އަހަރު ނައިޖީރިއާގެ ފެޑެރަލް ސަރުކާރާއި އެގައުމުގެ ދެކުނުއިރުމަތީ އައްސޭރިފަށުގައި އޮންނަ ރިޕަބްލިކް އޮފް ބިއާފްރާ ސްޓޭޓާއި ދެމެދު އަނިޔާވެރި ދާހިލީ ހަނގުރާމައެއް ފެށުނެވެ. ބިއަފްރާގެ އިގްބޯ ރައްޔިތުންނަށް އޭރުގައި ގަބޫލު ކުރެވުނީ އުތުރުގެ އަޣުލަބިއްޔަތު އޮންނަ ފެޑެރަލް ސަރުކާރުން އެމީހުންގެ އުންމީދުތައް ތަމްސީލު ނުކުރާ ކަމަށާއި އެހެންކަމުން ވަކި ދައުލަތެއް ގާއިމުކުރުމަށް ސަރުކާރާދެކޮޅަށް ހަގުރާމަ ކުރުމަކީ އެންމެ ރަގަޅު ގޮތް ކަމުގައެވެ.

ޕެލޭ ނައިޖީރިއާގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅުނު މެޗުތެރެއިން

އޭގެ ފަހުން ނައިޖީރިއާގެ އެކި ކަންކޮޅުތަކުގައި ނަސްލީ ގޮތުންނާއި ސަގާފީ ގޮތުން ތިން އަހަރު ވަންދެން ވަރުގަދަ ހަމަނުޖެހުންތަކެއް ކުރިއަށް ދިޔައެވެ. ތަފާތު 300 އަށްވުރެ ގިނަ ނަސްލާއި ޘަޤާފީ ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ 60 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޤައުމެއްގައި ސުލަހަ ގާއިމުކުރުމަށް ނައިޖީރިއާގެ ސަރުކާރު އޮތީ ނުކުޅެދިފައެވެ. ނަމަވެސް އެވަގުތު ދުނިޔޭ ފުޓްބޯޅައިގެ އިންމެ ވިދުން ގަދަ ތަރި ޕެލޭގެ ކުޅުން ދެކިލުމަށް 48 ގަޑި އިރު ވަންދެން ހުރިހާ ހަމަނުޖެހުމެއް ހުއްޓާލުމަށް ސަރުކާރާއެކު ހަމަނުޖެހުން ހިންގަމުން ދިޔަ ހުރިހާ ފަރާތްތަކުން އެއްބަސްވިއެވެ.

ޕެލޭ 1970 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް މެޗަށް ފަހު

1967 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ގްރީން އީގަލްސްގެ ނަމުން މަޝްހޫރު ނައިޖީރިއާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު މެޗަށް ސަންޓޯސް ނައިޖީރިއާއަށް އައުމުގެ ކުރިން، ނައިޖީރިއާގެ ހަނގުރާމަވެރި ދެ ފެކްޝަނުން އެއްބަސްވީ 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މެޗުގައި ބައިވެރިވި ކުޅުންތެރިންނާއި ކުޅިބެލުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލާގޯސް ސިޓީ ސްޓޭޑިއަމްގެ ވަށައިގެން ސަފު ހަދައިގެން ތިބި ދެ ފަރާތުގެ އަސްކަރީ އޮފިސަރުން ހަތިޔާރާއެކު ޒާތީ ގޮތުން ނުވަތަ ސިޔާސީ ގޮތުން ވަކި ބަޔަކަށް ބެލުމެއް ނެތި އެއްވެ ތިބި އެންމެން ހިމާޔަތް ކުރުމަށް އެއްބަސްވިއެވެ.

ނައިޖީރިއާގެ ޤައުމީ ޓީމާއި ސަންޓޯސް ވާދަކުރި މެޗު 2-1 ން ކާމިޔާބުކުރީ ސަންޓޯސް އެވެ. އަދި މި މެޗުގައި އެޓީމުން ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޕެލޭ އެވެ. މެޗަށްފަހު ޕެލޭ އެބުރި ދިޔަތާ ދެ ތިން ދުވަސްތެރޭ ހަގުރާމަ އަލުންފެށުނެވެ.  1967 ވަނަ އަހަރުން ފެށިގެންް 1970 ވަނަ އަހަރާ ހަމައަށް މި ހަގުރާމަ ކުރިއަށް ދިޔައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.