މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު--
ހަބަރު
31 Dec 2022 | 06:28
ވެމްކޯއިން ގަސްތުގައި ނުނެގި ކުނި، ސިޓީ ކައުންސިލުން މިދަނީ ނަގަމުން: ޑރ. މުޢިއްޒު

ވެންކޯއިން ގަސްތުގައި ނުނެގި ކުނި، މާލޭ ސިޓީ ކައުންސިލުން ނަގަމުންދާ ކަމަށާ، މިވީހާތަނަށް 100 އަށްވުރެ ގިނަ ޓަނުގެ ކުނި ނަގާފައީވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި މާލެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް ޖަމާވެ އާންމުންގެ ޝަކުވާތައް ގިނަވެފައިވާ ކަމަށާ، އަދި އާންމު ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމާއި ގުޅިގެން، މިނިސްޓްރީ އޮފް އެންވައިރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އިރުޝާދުގެ ދަށުން ވެމްކޯއިން މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން މުޢިއްޒު ވިދާޅުވީ، ވެމްކޯއަށް ފައިސާ ދައްކާ އެތައް ސަތޭކަ ގެއަކުން ވެމްކޯއިން ބުނެގެން ކުނި ނެރެމުންދަނީ ގޭގެ ދޮރުމައްޗަށް ނުވަތަ މަގުގެ ވަކި ތަނަކަށް ކަމަށެވެ. 

"ދެން އެ ކުނި މީގެ ދެދުވަސް ކުރިން ނެގުން ހުއްޓާލައި އަނެއްކާ ނަގަން ފަށާފައި އެއީ ސިޓީ ކައުންސިލްގެ މަސައްކަތް ސިޓީ ކައުންސިލަށް ނުވެގެން ކުރާ ކަމެކޭ ބުނީމާ، އަދި ސަރުކާރުން ސްޕޮންސާ ކޮށްގެން އެއް ޚަބަރެއް ހުރިހާ ނޫހެއްގައި އެއްފަހަރާ ޖެހީމާ، ވިސްނާލައިފި ކޮންމެ މީހަކަށް މިވީ ގޮތް ވަރަށް ރަނގަޅަށް ސާފުވެގެން އެބަދޭ." މުޢިއްޒު ވިދާޅުވިއެވެ. 

މުޢިއްޒު އިތުރަށް ވިދާޅުވީ، ކައުންސިލްގެ ޒިންމާ، ފަސްޖެހުމެއްނެތި ކައުންސިލުން އަދާ ކުރަމުންދާނެ ކަމަށާ، ވެމްކޯއިން ގަސްތުގައި ނުނެގި ކުނި ކައުންސިލުން ނަގަމުންދާ ކަމަށެވެ. 

އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 100 ޓަނުގެ ކުނި ނަގާފައިވާ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ