ބެންޒީމާ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
31 Dec 2022 | 04:23
ވަގުތީ ގޮތުން ރެއާލް މެޑްރިޑް އެއްވަނަ އަށް!

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި، މިރޭ ރަށުން ބޭރުގައި ވަލަޑޮލިޑް އާއި ވާދަކޮށް 2-0 އިން މޮޅުވެ ވަގުތީ ގޮތުން ސްޕެނިޝް ލަލީގާ ތާވަލުގެ އެއްވަނަ އަށް އެޓީމު ޖެހިލައިފިއެވެ.

ބެންޒެމާ ލަނޑުޖެހުމަށް ފަހު ރޮޑްރިގޯ އާއި އެކު އުފާފާޅުކުރަނީ

މެޗުގެ ފުރަތަމަ ހާފުގައި ކަރީމް ބެންޒެމާ، ވިނީޝިއަސް އަދި އަސެންސިއޯއަށް ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުން ނުހިފުނު އިރު ފުރަތަމަ ހާފުގެ ކުޅުން ނިމިފައިވަނީ 0-0 ން ދެޓީމު އެއްވަރުވެގެން ނެވެ. އަދި މެޗުގެ ދެވަނަ ހާފުގެ ފަހު 10 މިނެޓާއި ހަމައަށް ވެސް ވަލަޑޮލިޑް ކުޅުންތެރިން އާއީ ވަރަށް ރަގަޅަށް ޑިފެންސް ކުރަމުންނެވެ.

ރެއާލްގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މިއީ ވަލަޑޮލިޑް ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ސްޕެނިޝް ޑިފެންޑަރ ހާވިއޭ ސަންޗޭޒް އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި މި ޕެނަލްޓީއާއި މެދު ހިތްހަމަނުޖެހިގެން އެޓީމުގެ ފޯވާޑް ސާޖިއޯ ލިއޯން ބަދަލު ރެފްރީ އާއި މުހާތަބުކޮށް ކުޅިވަރުގެ ރޫހާއި ޚިލާފުވެފައި ވާތީ ރެފްރީ ވަނީ އޭނާއަަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މިއާއެކު ވަލަޑޮލިޑް އިން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ދެ ވަނަ ލަނޑު ފަހުހާފުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮއްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ކަރީމް ބެންޒެމާ އެވެ.

މިއީ ފުރާންސްގެ ޒުވާން މިޑްފީލްޑަރ ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންޒެމާ ކާމިޔާބު ކުރި ގޯލެކެވެ. މީރޭގެ މެޗުގައި ބެންޒީމާ ކާމިޔާބު ކުރި ދެ ލަނޑާއި އެކު ލީގުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު މިސީޒަނުގައި ވަނީ 7 އަށް އަރާފައެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 15 މެޗުން 38 ޕޮއިންޓް ހަމަކޮށް ލަލީގާ ތާވަލުގެ އެއްވަނަ ވަގުތީ ގޮތުން މެޑްރިޑަށް ވަނީ ލިބިފައެވެ. ދެވަނާގައި ވާ ބާސެލޯނާ މީރޭ އަމިއްލަ ދަނޑުގައި އެސްޕަނިއޯލް އާއަި ވާދަކުރާ މެޗުން އެޓީމު މޮޅުވެއްޖެނަމަ ލީގު ތާވަލުގެ އެއްވަނަ އެޓީމަށް އަލުން ލިބޭނެއެވެ. މިވަގުތު ބާސާ ދެވަނާގައި އޮތީ 14 މެޗުން ލިބުނު 37 ޕޮއިންޓާއި އެކުއެވެ.

މިރޭގެ މެޗުން ބަލިވި ވަލަޑޮލިޑް އަށް 15 މެޗުން ލިބުނު 17 ޕޮއިންޓާއި އެކު އެޓީމު އޮތީ ލީގު ތާވަލުގެ 15 ވަނާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.