އަނދުން ހުސެއިން ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
31 Dec 2022 | 10:36
ނަޝީދު ފެކްޝަންގެ މަގްސަދަކީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުން: ޝަހީމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވަން ނިކުމެވަޑައިގެން ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އޭނާއަށް ތާއީދުކުރައްވާ މެމްބަރުންގެ މަގްސަދަކީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުންކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ. 

އަނދުން ހުސެއިން ވިދާޅުވީ ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ތަފާތުކުރުމެއް ނެތި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދަވާދެއްވުމަށް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ފުރަތަމަ ދައުރު ނުމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަައްވާނެކަމަށް ވިދާޅުވެފައިވާކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ ރައީސް ނަޝީދު ގަބޫލުފުޅުކުރައްވަން ބޭނުންފުޅު ނުވި ނަމަވެސް، ރައީސް ސޯލިހު އަތޮޅުތެރެއަށް ތަރައްގީ ގެނެސްދެއްވާފައިވާކަމަށެވެ. އަދި ރައީސް ނަޝީދު ކެމްޕޭނަށް އަތޮޅުތެރެއަށް ވަޑައިގަތުމުން ރައީސް ސޯލިހުގެ ތަރައްގީ ފެނިވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

އެވާހަކަތަކާއި ގުޅުވާ އަނދުން ހުސެއިން ވިދާޅުވީ ނަޝީދާއި އޭނާގެ ފެކްޝަންގެ މަގްސަދަކީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުންކަމަށެވެ. 

"އަނެއްކޮޅުގައި ކެމްޕޭނުކުރާ މީހުންގެ މައިގަނޑު މަގްސަދަކަށް ވެފައި އޮތީ އެމްޑީީއަށް ވެރިކަން ގެއްލުވާލުން. މާރީތިކޮށް ސާފުކޮށްވެސް އެނގޭނެ ޕްރައިމަރީގައިވެސް މޮޅު ނުވާނެކަމާއި، ޕްރައިމަރީގައި މޮޅު ނުވެއްޖެއްޔާ ދެން ހަދަން އޮތް ގޮތެއްވެސް ހަދަން އޮތީ ނިންމާފަ، އެއީ އެމްޑީޕީއަށް ވެރިކަން ލިބުނަ ނުދީ ވެރިކަން ގެއްލުވާލުން"

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) 

އަނދުން ހުސެއިންގެ ވާހަކައިގައި ވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދު އިސްތިފާދެއްވި ގޮތާއި ގުޅިގެންވެސް ފާޑުވިދާޅުވެފައެވެ. މީގެ ކުރިން އެމްޑީީޕީގެ މެމްބަރުން އިއްތިފާގުވާ ގޮތުގައި ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުންނެވެ. އަދި ނަޝީދަށް އިސްތިއުފާދެއްވަން މަޖުބޫރުވީކަމަށް އޭރު އެމްޑީޕީއިން ދިޔައީ ބުނަމުންނެވެ. 

އެހެން ނަމަވެސް އަނދުން ހުސެއިން ވިދާޅުވީ ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ރިއެކްޓު ކުރައްވަން އެނގިވަޑައިނުގަތުމުގެ ސަބަބުންކަމަށެވެ. އަދި ރައީސް ނަޝީދު އެދުވަހު ކުރެއްވި ފަދަ ގޮތަކަށް ރައީސް ސޯލިހު ދުވަހަކުވެސް ރިއެކްޓު ނުކުރައްވާނެކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.