އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: މިހާރު
ހަބަރު
01 Jan 2023 | 18:30
އަރަބިއްޔާގެ ބެލެނިވެރިން މޫނު ބުރުގާ އަޅައިގެން ތިބޭތީ ދައުލަތުން ފުރައްސާރަ ކުރާ ކަމުގެ ތުހުމަތު

އެހެން ސުކޫލް ތަކުގެ ދަރިވަރުންނަށް ވެސް ލިބެމުންދާ ޚިދުމަތްތައް ޢަރަބިއްޔާގެ ދަރިވަރުންނަށް ހޯދައިދިނުމަށް އެދި، އެ ދަރިވަރުންގެ ހައްގުގައި ވަކާލާތުކުރާ ޢަރަބިއްޔާ ސުކޫލުގެ ގިނަ ބެލެނިވެރިން މޫނު ބުރުގާ އަޅައިގެން ތިބޭތީ، ދައުލަތުންނާއި އަދި އެހެނިހެން ފަރާތްތަކުން އިހާނަތިކޮށް މުޢާމަލާތް ކޮށް ފުރައްސާރަ ކުރާ ކަމަށް ތުހުމަތު ކޮށްފި އެވެ. 

ޢަރަބިއްޔާ ސުކޫލުގެ ދަރިވަރުންގެ ހައްގުގައި އެ ސުކޫލުގެ ބެލެނިވެރިން ނެރުނު ބަޔާނެއްގައި ވަނީ ސުކޫލު ލެބޯޓަރީ އަކާއި، އެދެވޭ ލައިބްރަރީ އެއް ނެތުމުގެ އިތުރުން، އިތުރު ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ޖާގަ ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އަދި އެފަދަ މައްސަލަތަކުގައި ޢަރަބިއްޔާ ސުކޫލުގެ ފަރާތުން ވަކާލާތުކުރާ އެ ސުކޫލުގެ ބޯޑު މެންބަރުންނާއި، ޕީޓީއޭގެ މެންބަރުންނާއި އަދި ބެލެނިވެރިންނަށް ދައުލަތާއި އެހެނިހެން ފަރާތްތަކުން އިހާނަތިކޮށް މުޢާމަލާތް ކޮށް ފުރައްސާރަ ކުރާ ކަމަށް ތުހުމަތު ކޮށް، އެ ސުކޫލުގެ ބެލެނިވެރިން ވަނީ އެކަމާއި ހިތާމަފާޅުކޮށްފައެވެ. 

އެގޮތުން ކުރިމަތިވާ ތަފާތުކުރުންތަކާއި ފުރައްސާރައިގެ ގޮތުގައި ބެލެނިވެރިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި؛

• އަރަބިއްޔާގެ ގިނަ އަންހެން ބެލެނިވެރިންނަކީ މޫނުބުރުގާ އަޅައިގެން ތިބޭ ބެލެނިވެރިން ކަމަށް ވާތީ އަރަބިއްޔާގެ މައްސަލާގައި ބާއްވާ ބައްދަލުވުން ތަކުގައި އެ ބެލެނިވެރިން ބައިވެރި ކުރަން ދެކޮޅު ހެދުން

• މޫނު ނިވާކޮށްގެން ތިބޭ އަންހެން ކަނބަލުން ކަންކަމުގައި ވާހަކަ ދެއްކުމަކީ ނުވަތަ އެކަބަލުންގެ އަޑުއުފުލައި ކަމާބެހޭ ފަރާތްތަކަށް އެކަނބަލުންގެ އަޑު އިއްވުމަކީ ކޮންފަދައަކުންތޯ ސުވާލު އުފައްދައި، އެ މޭރުމުން ޖަލްސާ ތަކުގައި ފުރައްސާރަ ކުރުން

• އަރަބިއްޔާގެ ބެލެނިވެރިންނަކީ ނިރުބަވެރި ބައެއް ކަމަށްބުނެ ބައެއް ރަށްޓެހިން ގުޅާ ކަމަށާ، ބެލެނިވެރިންގެ ތެރޭގައި މަސައްކަތް ކުރާނަމަ، ސެކިއުރިޓީން ނަގަން ޖެހޭނެކަމަށް ވިދާޅުވެ ޖަލްސާ ތަކުގައި ވާހަކަދެއްކުން

• ޢަރަބިއްޔާގެ 11 އަދި 12 އިގެ ދަރިވަރުން ތިބެނީ ތުނބުޅި ބަހައްޓާފައި ކަމަށާ، އަދި އެހެން ތިބެފައި ދެން ދާނީ ސީރިޔާ އަށް ކަމަށްބުނެ ޖަލްސާ ތަކުގައި ދޮގު ތުހުމަތުތައް ކުރުން

• އަރަބިއްޔާގެ މައްސަލާގައި ސުކޫލު ބޯޑުގެ މެންބަރުންނާއި, ޕީޓީއޭ އާއި ބެލެނިވެރިން ވަކާލާތުކުރަމުންދާތީ ޕީޓީއޭއާއި ސުކޫލް ބޯޑު އުވާލެވިދާނެ ކަމުގެ އިންޒާރު ރަސްމީ ޖަލްސާ ތަކުގައި ދިނުން. އަދި ކުދިންގެ ހާޟިރުގައި ރަސްމީ އާއްމު ޖަލްސާ އެއްގައި ބެލެނިވެރިންނަށް ކުޑައިމީސްކޮށް ވާހަކަދެއްކުން 

ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ތަފާތުކޮށް މިފަދަ ގޮތްގޮތަށް ޢަމަލު ކުރަމުން ދިޔުމަކީ ވަރަށް ނާތަހުޒީބު އަދި ބޭއިންސާފު ޢަމަލެއްކަމަށާ، އަދި އެފަދަ ފަރާތްތަކުގެ ވިސްނުމަކީ އިންސާނިއްޔަތާއިވެސް ޚިލާފް ވިސްނުމެއް ކަމުގައި ބެލެނިވެރިން ބުނެފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.