ނަޝީދު ހިޔާ ސަރަހައްދަށް ވަޑައިގަތުމުން ރައްޔިތުން ނުރުހުން ފާޅުކުރަނީ/ ފޮޓޯ: އަރީހް
ހަބަރު
04 Jan 2023 | 18:43
ވޯޓު ހޯދަން ހިޔާ ސަރަހައްދަށް ދިއުމުން ނަޝީދާއި ދެކޮޅަށް އަޑުއުފުލައިފި!

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯއްދެވުމަށް ހިޔާ ސަރަހައްދަށް ވަޑައިގަތުމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ނަޝީދާއި ދެކޮޅަށް އަޑުއުފުލައިފި އެވެ. 

ނަޝީދު ހިޔާ ސަހަރައްދަށް ވަޑައިގެންފައިވަނީ އެމަނިކުފާނުގެ ކެމްޕޭނު ހަރަކާތެއް އެ ސަރަހައްދުގައި ބޭއްވުމަށެވެ. 

މިއަދު ހަވީރު ނަޝީދު އެ ސަރަހައްދަށް ވަޑައިގަތުމާއެކު އެ ސަރަހައްދުގައި ދިރިއުޅެއްވާ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ. 

އެގޮތުން ނަޝީދަކީ ހިޔާ ފްލެޓުތައް ކުޑައިމީސްކޮށް މީގެ ކުރިން ވަރަށް ގިނައިން ވާހަކަދައްކަވާފައިވާ ބޭފުޅެއްކަން ނަޝީދާއި ދެކޮޅަށް އަޑުއުފުލި ފަރާތްތައް ފާހަގަކޮށްފައިވެއެވެ. 

ހިޔާ ފްލެޓުތަކަކީ "ކޮތަރު ކޮށި" ތަކެއް ކަމަށާއި، އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިކަމަށް އެދުމުން އެކަންކަމަށް ބީރު ކަންފަތެއް ދެއްވަމުން އައި ބޭފުޅެއްކަންވެސް އަޑު އުފުލި ފަރާތްތައް ފާހަގަކޮށްފައިވެއެވެ. 

ހިޔާ ފްލެޓު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ނަޝީދަށް ފެނިލެއްވީ ރިޔާސީ އިންތިޚާބު ބޯމަތިވުމުންކަމަށް އަޑުއުފުލި ގިނަ ބަޔަކު ވަނީ ބުނެފައެވެ. 

ނަޝީދު ހިޔާ ސަރަހައްދަށް ވަޑައިގަތުމާއެކު ރައްޔިތުން އެމަނިކުފަނާއި ދެކޮޅަށް އަޑުއުފުލަން ފެއްޓެވެމުން، މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްވެސް ވަނީ ރާވާއިފާ ގޮތަށްވުރެ ކުރުކޮށްލާފައެވެ. 

އެ ސަހަރައްދުގައި އެމަނިކުފާނު ދެއްވަމުން ގެންދެވި ސްޕީޗުވެސް ކުރުކޮށްލައްވާފައިވާއިރު، ޑޯ ޓު ޑޯއަށްވެސް ވަޑައިގަތީ އެންމެ ފްލެޓަކަށެވެ. އެފަހުން ނަޝީދު ވަނީ އެ ސަރަހައްދު ދޫކުރައްވާ ވަޑައިގެންފައެވެ. 

ކޮމެންޓް
ސިޔާސީ
ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީ...ހިޔާ ސަރަހައްދަށް އަރާން
04 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.