ރޯމާ އާއި އޭސީ މިލާން ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
09 Jan 2023 | 03:57
ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑާއި އެކު ރޯމާއަށް މުހިންމު ޕޮއިންޓެއް!

އިޓާލިއަން ލީގުގައި މިރޭ ރަށުން ބޭރުގައި ވާދަވެރި އޭސީ މިލާން 2-0 ން މޮޅުވާންދަނިކޮށް ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑާއި އެކު ރޯމާ އިން މިލާން މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ އޭސީ މިލާނުން ނެވެ. މިގޮތުން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އިޓަލީގެ މިޑްފީލްޑަރ ސެންޑްރޯ ޓޮނާލީ ކޯނަރަކުން ގޯލުކުރިމައްޗަށް ހުރަސްކުރި ބޯޅަ، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފުރާންސްގެ ޑިފެންޑަރ ޕިއޭ ކަލޫލޫ ވަނީ އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ.

ޓެމީ އަބްރަހަމް އިތުރު ވަގުތުގައި ރޯމާއަށް ނަތީއްޖާ ހަމަހަަމަކޮށްދިނުމަށް ފަހު

ފުރަތަމަ ހާފުގައި ރޯމާއަށް މިލާންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައި ނުވާއިރު ދެވަނަ ހާފުގައި އެޓީމުން ކުޅުން ރަގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް މިލާނުން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ 2-0 އަށް ބަދަލުކޮއްލިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޓަލީގެ މިޑްފީލްޑަރ ޓޮމްމާސޯ ޕޮބެގާ އެވެ. މިއީ ޕޯޗުގަލްގެ ފޯވާޑް ރަފައެލް ލިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އޭސީ މިލާން ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

2-0 ގެ ލީޑެއްގައި އޮވެ މިލާން މޮޅުވާން ދަނިކޮށް ރޯމާއަށް އުންމީދު އާވީ އެޓީމުގެ އިޓަލީގެ މިޑްފީލްޑަރ ލޮރެންޒޯ ޕެލެގްރިނީ ކޯނަރަކުން ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އެޓީމުގެ ބުރެޒިލް ޑިފެންޑަރ ރޮޖާ އިބާނޭޒް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑާއި އެކުގައެވެ. މި ލަނޑާއި އެކު ރޯމާގެ ކުޅުންތެރިން ކުރިއަށްޖެހި ނަތީއްޖާ އެއްވަރުކުރެވޭތޯ ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ޓެމީ އަބްރަހަމް އެވެ.

މިރޭގެ މެޗުން މޮޅުވެ ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު މިލާނުން ނަގާލިއިރު ލީގުގެ އެއްވަނާގައި 17 މެޗުން 44 ޕޮއިންޓައި އެކު އޮތީ ނަޕޯލީއެވެ. ދެވަނާގައި ޖުވެންޓަސް އޮތްއިރު 17 މެޗުން އެޓީމަށް ލިބިފައި ވަނި 37 ޕޮއިންޓެވެ. ތިންވަނާގައި އޭސީ މިލާން އޮތީ ޖުވެންޓަސް އާއި އެއްވަރަށް ޕޮއިންޓް ލިބި ލަނޑުގެ ތަފާތުންނެވެ. މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު 17 މެޗުން 31 ޕޮއިންޓާއި އެކު ރޯމާ އޮތީ ލީގު ތާވަލުގެ ފަސް ވަނާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.