1998 ގެ ވޯލްޑް ކަޕް ފައިނަލްގައި ޒިދާން ބުރެޒިލް އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
09 Jan 2023 | 14:41
ޒިދާން އާއި ބެހޭގޮތުން ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ދެއްކެވި ވާހަކަތަކާމެދު އެމްބާޕޭ ހިތްހަމަނުޖެހިފައި!

ފްރާންސްގެ ފުޓްބޯޅަ ތާރީޚްގައި އެގައުމުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއާގެ އިތުރުން ކޯޗެއްގެ ގޮތުގައި ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމުގައިވާ ރެއާލް މެޑްރިޑާއި އެކު ގިނަ ކާމިބިތަކެއް ހޯދާފައިވާ ޒައިނުއްދީން ޒިދާން އާއި ގުޅޭ ގޮތުން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރެޝާންގެ ރައީސް ނޮއެލް ލީ ގްރައެޓް ދެއްކި ވާހަކަތަކާއި މެދު ފްރާންސް ޤައުމީ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ޓުވިޓާގައި ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ފްރާންސް ޓީމުގެ ކޯޗުކަމުގެ މަޤާމުގައި މިވަގުތު ހުރި ޑިޑިއަރ ޑެޝޯމްޕްސްގެ އެއްބަސްވުން 2026 ވަނަ އަހަރާއި ހަމައަށް އައުކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުރާންސްގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ވަނީ ޒިދާން ފުރާންސްގެ ޤައުމީޓީމާއި ހަވާލުވުމާއި ބެހޭގޮތުން ދެކެވުނު ވާހަކަތައް ދޮގުކޮށްފައެވެ. ފެޑަރޭޝަންގެ ޗޮއިސް އެއް ނޫން ޒިދާން އަކީ އަދި އޭނާއާއި ޤައުމީޓީމު ހަވާލުކުރުމާއި ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަމަށެވެ. 

ޒައިނުއްދީން ޒިދާން ކޯޗެއްގެ ގޮތުގައި ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމުގައިވާ ރެއާލް މެޑްރިޑާއި އެކު ގިނަ ކާމިބިތަކެއް ހޯދާފައިވާ  

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލީ ގްރައެޓް ވިދާޅުވީ، ޒިދާން ބްރެޒިލްގެ ޤައުމީ ޓީމާ ހަވާލުވިއަސް ފަރުވަލެއް ނެތްކަމަށާއި، ޒިދާން ކަންތައް ކުރާނީ ޒިދާން ބޭނުންވާ ގޮތަށް ކަމަށާއި، އެއީ އޭނާއާ ގުޅުމެއް އޮންނާނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ލީ ގްރައެޓް ވިދާޅުވީ، އޭނާ ޒިދާންއާ ބައްދަލު ނުކުރައްވާ ކަމަށާއި، ޑެޝޯމްޕްސްގެ ބަދަލު ޒިދާން ގެންނަން އެއްވެސް ވަރަކަށް ޚިޔާލު ނުގެންގުޅޭ ކަމަށެވެ.

ޒައިނުއްދީން ޒިދާން ފުރާންސް ޤައުމީ ޓީމާއެކު 98 ގެ ވޯލްޑްކަޕް ތަށި އުފުލާލަނީ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވުމާއެކު، ފްރާންސް ޓީމުގެ ކޯޗުކަމުގެ މަޤާމުގައި ހުރި ޑިޑިއަރ ޑެޝޯމްޕްސް މަގާމުން އިސްތިއުފާ ދޭނެކަމަށް ހުޅަނގުގެ މީޑިއާތަކުން ރިޕޯޓްކުރިއެވެ. އަދި އެމަގާމަށް ޒިދާން ގެންނަން އުޅޭކަމަށާއި ބުރެޒިލް، ޕޯޗުގަލް އަދި އެމެރިކާގެ ޤައުމީ ޓީމާއި ހާވާލުވުމަށް ލިބުނު ފުރުސަތުތަކަށް ޒިދާން ނޫނެކޭ ބުނީ އެ ސަބަބާއި ހުރެ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮއްފައިވެއެވެ. 

ލީ ގްރައެޓްގެ އެ އިންޓަވިޔުއާ ގުޅިގެން ފްރާންސް ފުޓުބޯޅައިގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ. އެގެތެރޭގައި އެންމެ ފާހަގަކޮއްލެވެނީ ފުރާންސް ޤައުމީ ޓީމުގެ މިހާރުގެ ތަރި ކީލިއަން އެމްބާޕޭ އެވެ. އެ ވާހަކަތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އެމްބާޕޭ ބުނީ "ޒިދާން އަކީ ފުރަންސް ކަމަށާއި، އެކަހަލަ ލެޖެންޑަކަށް އިހްތިރާމް ކުޑަވަފަދަ ގޮތަކަށް" ފެޑަރޭޝަންގެ ރައީސް ފަދަ މަގާމެއްގައި ހުރި މީހަކު ވާހަކަ ދެއްކުމަކީ ކޮންގެންވާނެ ކަމެއް ނޫން ކަމަށެވެ.

ޒައިނުއްދީން ޒިދާން ވަނީ ފުރާންސް ޤައުމީ ޓީމާއި އެކު 1998 ގެ ވޯލްޑް ކަޕްގެ އިތުރުން 2000 ވަނަ އަހަރު ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. 98 ގެ ފައިނަލުގައި ބުރެޒިލް 3-0 ން ބަލިކޮށް ފުރާންސުން އެޤައުމުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު އެ މެޗުގައި ޒިދާން ދެ ލަނޑު ކާމިޔާބުކޮށް ދިނެވެ. އަދި 2000 ވަނަ އަހަރުގެ ޔޫރޯ އާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުުތެރިއަކީ ވެސް ޒިދާން އެވެ.

ކޮމެންޓް
ހަހަ
މީކީ އަދި މީހަކު ފުއްޕާ ވަރުގެ ކަމެއް ނޫނެއްނުން. އެމްބާޕޭ އައް ހީވާކަހަލަ އޭނަމީ ލައްކައެކޭ. ރެލަވަންޓް ވާންވެގެން އަނގަ ބާނަނީ
10 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.