އެޑީ އެންކެޓިއާ
ކުޅިވަރު
10 Jan 2023 | 08:28
އެޑީ އެންކެޓިއާގެ ދެ ލަނޑާ އެކު އާސެނަލް އެފްއޭ ކަޕް 4 ވަނަ ބުރަށް!

އިގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ބުރުގައި އޮކްސްފޯޑް ޔުނައިޓެޑް 3-0 ބަލިކޮށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލް އިން ހަތަރު ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން 14 ފަހަރަށް ހޯދާފައިވާ އާސެނަލް އިން ރޭ ރަށުން ބޭރުގައި އޮކްސްފޯޑް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ގިނަކުޅުންތެރިން ނުކުޅެއެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ރަގަޅު ހަމަލާއެއް އުފެއްދިފައި ނުވާއިރު މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް އާސެނަލް އިން ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ.

މިސްރުގެ މިޑްފީލްޑަރ މުހައްމަދު އެލްނެނީ

ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އާސެނަލް އަށް މެޗުގެ ލީޑު ހޯދައިދިނީ މިސްރުގެ މިޑްފީލްޑަރ މުހައްމަދު އެލްނެނީ އެވެ. މިއީ ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރ ފަބިއޯ ވިއޭރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިންލަނޑެކެވެ. އަދި އެޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް އެޑީ އެންކެޓިއާ އެވެ. 

ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޑީ އަސެނަލްގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ފަބިއޯ ވިއޭރާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އަދި އޭގެ ހަމިނެޓް ފަހުން އާސެނަލްގެ ތިން ވަނަ ލަނޑު އޭނާ ކާމިޔާބުކުރީ ބުރެޒިލްގެ ފޯވާޑް ގެބްރިއަލް މާޓިނެލީގެ އެހީތެރިކަމާއެކު އެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގައި އާސެނަލް ވާދަކުރަން ޖެހޭނީ މެންޗެސްޓަރ ސިޓީ އާއެވެ. ސިޓީ ހަތަރު ވަނަ ބުރުގެ ޖާގައެއް ހޯދީ ވާދަވެރި ޗެލްސީ ފަސޭހަކަމާއެކު 4-0 ން ބަލިކުރުމަށް ފަހުގައެވެ. އިގިރޭސި ޕްރެމިއާ ލީގަށް މިވަގުތު ވާދަކުރަމުން އަންނަ މިދެޓީމު މުބާރާތުގެ ހަތަރު ވަނަ ބުރުގައި ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ