Advertisement

ފުރާންސްގެ ކެޕްޓަން ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި!

10 Jan 2023 | 09:03
ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް

ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް އުމުރުން 36 އަހަރުގައި ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. އޭނާ އަކީ 20 އަހަރަށް ފަހު ފުރާންސް ވޯލްޑްކަޕް ތަށި 2018 ވަނަ އަހަރު އުފުލާލި އިރު އެޓީމުގެ ކެޕްޓަނެވެ.

ލޮރިސްގެ ބައިނަލްއަގްވާމީ ކެރިއަރު 2008 ވަނަ އަހަރުން ފެށިއިރު 2022 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ފުރާންސް ޤައުމީ ޓީމާއި އެކު ހަތަރު ވޯލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތިން މުބާރާތެއް ކުޅެފަ އެވެ. ފުރާންސް ޤައުމީ ޓީމަށް 145 މެޗު ކުޅެ ކެޕްޓަނެއްގެ ގޮތުގައި 121 މެޗު ކުޅެދީފައިވާ ގޯލްކީއްޕަރު އޭނާ ޤައުމީ ޓީމަށް ކުޅުން ހުއްޓަލުމާއި ބެހޭގޮތުން ބުނީ އޭސީ މިލާންގެ ގޯލްކީއްޕަރު މައިކް މައިގްނާން ހުރީ ޤައުމީ ޓީމުގައި އޭނާގެ މަޤާމު ފުރުމަށް ރަގަޅައް ތައްޔާރުވެފައި ކަމަށެވެ. 

ލޮރިސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލުން އިއުލާންކުރުމާއި ގުޅިގެން ފުރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ލޮރިސްގެ ނިންމުން މީގެ ދުވަސްކޮޅެއް ކުރިން އޭނާއާއި ހިއްސާކުރި ކަމަށެވެ. މި ނިންމުމާއި މެދު އަހަރެން ހިތާމަކުރަން އެކަމަކު އޭނާގެ ނިންމުމަށް އަހަރެން އިހުތިރާމް ކުރަން، އަދި މިހާރުވެސް އަހަރެންގެ ފުރަތަމަ ޗޮއިސް އަކީ ލޮރިސް ކަމަށާއި އޭނާގެ ޤައުމީ ޓީމަށް ކޮއްދިން ޚިދުމަތްތަކަށް ޝުކުރުވެރިވާކަމަށެވެ.

Advertisement

ކޮމެންޓް