ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު
10 Jan 2023 | 09:57
ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލް ޓީމަށް މުހިންމު ކުޅުންތެރިއެއް: ރޮބާޓޯ މާޓިނޭޒް

ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗުގެ މަޤާމާއި ރޮބާޓޯ މާޓިނޭޒް ހަވާލުވުމާއެކު، އޭނާގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ޤައުމީ ޓީމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަދާކުރާނީ ކޮން ދައުރެއްތޯ އޮޅުން ފިލުވަން ގިނަ ބަޔަކު ބޭނުންވިއެވެ.

ރޮބާޓޯ މާޓިނޭޒް ޕޯޗުގަލްގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ފުރަތަމަ ސުވާލަކީ ކުރިންވެސް އުންމީދު ކުރި ފަދައިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގުޅޭގޮތުން ކުރި ސުވާލެކެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލް ގައުމީ ޓީމުގައި ރޮނާލްޑޯގެ މުސްތަގުބަލާ ބެހޭގޮތުން މާޓިނޭޒް ބުނީ ފުޓްބޯޅައިގެ ނިންމުންތައް ނިންމަން ޖެހޭނީ ދަނޑުމަތީގައި ކަމަށެވެ. "އަހަންނަކީ އޮފީހެއްގައި ނިންމުންތައް ނިންމާ ކޯޗެއް ނޫން.

ރޮބާޓޯ މާޓިނޭޒް

"މިދިޔަ ވޯލްޑް ކަޕުގައި ޕޯޗުގަލް ސްކޮޑުގައި ހިމެނުނު 26 ކުޅުންތެރިންގެ ލިސްޓަކީ އަހަރެން ފުރަތަމަ ސްކޮޑް، ކްރިސްޓިއާނޯ އަކީ އެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ. ރޮނާލްޑޯ އާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން މާޓީނޭޒް ބުނީ ފާއިތުވެދިޔަ 19 އަހަރު ޤައުމީ ޓީމަށް ރޮނާލްޑޯ ކޮއްދީފައިވާ ޚިދުމަތައް އިޚްތިރާމް ކުރަންޖެހޭ ކަމަށެވެ. 

ރޮނާލްޑޯ އަށް ތައުރީފުކޮށް ވާހަކަ ދައްކަމުން މާޓީނޭޒް އިތުރަށް ބުނީ އަހަރެމެން ވާހަކަ މިދައްކަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިއާގެ ވާހަކަ ކަމަށާއި އޭނާގެ މަސައްކަތް ފަށައިގަތުމުގެ ކުރިން ރޮނާލްޑޯއަށް ގުޅައި މަޝްވަރާކުރާނެކަމަށެވެ.

2003 ވަނަ އަހަރު އުމުރުން 18 އަހަރުގައި ޕޯޗުގަލް ޤައުމީ ޓީމަށް ކުޅެންފެށި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް ޤައުމީ ޓީމަށް ކުޅެދިން 196 މެޗުގައި 118 ލަނޑު ޤައުމީ ޓީމަށް ކާމިޔާބުކޮށްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ