މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ/ ފޮޓޯ: އިންޓަނެޓު
ހަބަރު
10 Jan 2023 | 21:44
25 ރުފިޔާ ވަގަށް ނެގި މީހާ 3 މަހަށް ޖަލަށް!

މީރާގެ މައި އޮފީސް ފަޅައިލާ އެތަނުން 25 ރުފިޔާ ވަގަށް ނެގި މީހާ 3 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުން ކޮށްފި އެވެ. 

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ އައްޑޫ މީހެއްގެ މައްޗަށެވެ. އޭނާ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއަކީ ހުއްދަ ނޫންތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އޯގަސްޓު މަހުގެ 9 ވަނަ ދުވަހުގައި މީރާ އޮފީހުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން އެ އޮފީހަށް ވަދެ ވައްކަންކުރި ކަމަށެވެ.

މި ތުހުމަތަށް އިއުތިރާފުވެ އޭނާ ބުނެފައިވަނީ އެއީ މަސްތުގެ ހާލަތުގައި ހުރެ ކުރެވުނު ކަމެއް ކަމަށެވެ.

އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވުމާ ގުޅިގެން އޭނާގެ މައްޗަށް ހުކުމްކުރުމަށް ބޭއްވި އަވަސްނިޔާ އަޑުއެހުމުގައި އޭނާގެ މައްޗަށް ދެ ދައުވާއަށް ޖުމްލަ 4 މަހާއި ފަނަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

ނަމަވެސް އޭނާ ތަންފީޒުކުރަންޖެހޭނެ މުއްދަތު ކަނޑައަޅާފައިވަނީ ޖަލުގައި ބަންދުގައި އޭނާ ހޭދަކުރި މުއްދަތު އުނިކުރުމަށްފަހުއެވެ. އެގޮތުން އޭނާ ތަންފީޒުކުރަންޖެހެނީ 3 މަހާއި 18 ދުވަސްކަމަށް ހުކުމުގައި ކަނޑައަޅާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.