އަބްދުﷲ ސޯދިގު (ސޯދުބެ) ގެ ދަރިފުޅުގެ ކައިވެނި އޮތީ ސަރުކާރުގެ މައި ހޮސްޕިޓަލްގައި -- ފޮޓޯ: ނަހުދާ
ހަބަރު
11 Jan 2023 | 17:34
ދަރިފުޅުގެ ކައިވެނި ހަފްލާ ހޮސްޕިޓަލުގައި؛ ސޯދުބެގެ ހާސް ޝުކުރު އައިޖީއެމްއެޗް އަށް!

ބަލި ހާލަތު ހުރިގޮތުން ހަގު ދަރިފުޅުގެ ކައިވެނި ހަފްލާގައި ބައިވެރި ނުވެވިދާނެ ކަމުގެ ހިތާމައިގައި އޮތް ދަނޑިވަޅުގައި އައިޖީއެމްއެޗް އިން ވެދިން އެހީއަށް ޝުކުރު އަދާކުރައްވައި ދިވެހި ބަހުގެ އުސްތާޒު ސޯދިގު (ސޯދުބެ)ގެ އިހްސާސްތައް ބަންޑުން ކޮށްލައްވައިފިއެވެ.

އައިޖީއެމްއެޗް އިން ދިން ޚިދުމަތާއި ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާކޮށް، ސޯދުބެ ލިޔުއްވާފައިވާ ލިޔުން، އެ ހޮސްޕިޓަލުން މީސްމީޑިއާގައި އާއްމުކޮށްފައިވާއިރު، ޝުކުރުގެ އެ ލިޔުންކޮޅުގައި ސޯދުބެ ވަނީ އެބޭފުޅާ އަކީ އައިޖީއެމްއެޗް ގެ ފްރީކްއެންޓް ކަސްޓަމާރ ޑިސްކައުންޓް ލިބެންޖެހޭ މީހެއްކަން ޔަގީން ކުރައްވާކަމަށް ވިދާޅުވެފައެވެ. 

އޭގެ ސަބަބެއްގެ ގޮތުގައި ސޯދުގެ ވިދާޅުވީ، އައިޖީއެމްއެޗްގެ ވޯޑުގައި އެ ބޭފުޅާ ނުބާއްވާ ކޮޓަރިއެއް ނެތް ކަމަށާ، އަދި އެ ހޮސްޕިޓަލުން އެބޭފުޅާ އަށް ފަރުވާ ނުދެއްވާ ނަރުހެއް އަދި ޑޮކްޓަރެއް މަދުވާނެ ކަން ޔަގީންވާތީއެވެ. 

އެހެންނަމަވެސް، އެހެން ފަހަރުތަކާއި، އެންމެ ފަހުން އެޑްމިޓް ކުރެވުނު ފަހަރާއި ވަރަށް ތަފާތުކަން ފާހަގަކުރައްވައި ސޯދުބެ ވަނީ އެފަހަރުގެ ހަނދާންތައް ތާ އަބަދު ހުންނާނެކަމަށް ވިދާޅުވެފައެވެ. 

އެގޮތުން ސޯދުބެ ވިދާޅުވީ، އެބޭފުޅާގެ ހަގު ދަރިފުޅު ކައިވެނިކުރަން ދެ ހަފްތާއަށް ވެފައި ވަނިކޮށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި ދުވަހުން ފެށިގެންވެސް އައިޖީއެމްއެޗްގެ މުވައްޒަފުންގެ ފަރާތުން ދިން ޚިދުމަތަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަންޖެހޭ ކަމަށެވެ. 

ސޯދުބެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތުމުން އޭނާގެ ހަދި ދަރިފުޅު ރައުފަތު، ހޮސްޕިޓަލުގައި ކައިވެނިކުރަނީ-- ފޮޓޯ: އައިޝަތު ނަދުހާ

"މިއީ އުމުރުން މިހައި ހިސާބަށް އާދެވުނު އިރުވެސް ނުފެންނަ އޯގާތެރިކަން ފެނުނު ފަހަރެއް.  ގެއާއި މިހައި ދުރުގައި ހުންނަން އަނެއްކާވެސް ޖެހުނު ހިނދު އަނބުރައި ދާހިތް ނުވި ފަހަރެއް. މައިގަނޑު ސަބަބަކީ ތިޔަ ދެއްވި ލޯތްބާއި ޚިދުމަތެވެ. ހިތާއި އަމަލުން ފެނުނު ކުލުނެވެ. މިހެން ނުދެންނެވެންވީ ސަބަބެއް ނެތްތާއެވެ. ތިޔަ ދެއްވި ހަލުވި ފަރުވާގެ އިތުރަށް އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅުގެ ކައިވެނި ވެސް މިތަނުގައި ކުރުމަށް މަގުފަހި ކޮށްދެއްވި ކަމަށްޓަކައި ހޮސްޕިޓަލްގެ އިސްވެރިންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރު ދަންނަވަމެވެ. އެ ދުވަސްވެސް ފެނި އެ އުފަލުގައިވެސް ބައިވެރި ވެވުނީ ތިޔަ ޚިދުމަތްތެރީންގެ ސަބަބުންނެވެ." 

ސޯދުބެ އައިޖީއެމްއެޗް އަށް ޝުކުރުއަދާކުރައްވައި ލިޔުއްވާފައިވެއެވެ. 

ސޯދުބެ އިތުރަށް ވިދާޅުވީ، އެ ދުވަހު އެވީ އުފައު ލިޔުމަކުން ބަޔާން ކޮށްދެއްވަންވެސް ނޭނގޭ ކަމަށާ، އެބޭފުޅާ ހެޔޮހާލުގައި ހުންނެވީ މާތް ރަސްކަލާނގެ ރަހުމަތާއި، އައިޖީއެމްއެޗް ގެ ޚިދުމަތްތެރީންގެ މަސައްކަތުން ކަމަށެވެ. 

ދިވެހި ބަހުންނާއި އިނގިރޭސި ބަހުންވެސް އައިޖީއެމްއެޗް އަށް ޝުކުރު އަދާކުރައްވައި ސޯދުބެ ފޮނުއްވި މި ލިޔުން ޓުވީޓް ކުރައްވައި އައިޖީއެމްއެޗް އިންވެސް ވަނީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ބަލައިގަތް ކަމަށްޓަކައި ސޯދުބެއަށް ޝުކުރު އަދާކޮށްފައެވެ. 

ކޮމެންޓް
ހިތް
ސާދުބެއައް އަވަސްސިފާއަކައް އެދެން
12 Jan 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.