ސާއިދު އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އާއިއެކު
ކުޅިވަރު
11 Jan 2023 | 22:42
ރާއްޖޭގެ 10 އެތްލީޓަކު ތަމްރީނު ހެދުމައްޓަކައި އަވައްޓެރި އިންޑިއާއަށް!

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެކު ރާއްޖޭގެ 10 އެތްލީޓަކު އެޤައުމުގައި ތަމްރީނު ހެދުމަށް މި މަހު 16 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަން ބުނެފިއެވެ.

ވޮއިސް އަށް މައުލޫމާތް ދެއްވަމުން އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ "މި ޓްރޭނިން ކޭމްޕަކީ މިއަހަރުގެ ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވުމަށް، ވަކީން ހާއްސަކޮށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން އެތްލީޓުންނަށް އިތުރު ތަޖުރިބާ ހޯދުމުގެ ގޮތުން އެތްލެޓިކްސް އެސޯސިއޭޝަނުގެ އިތުރުން އިންޑިއާ ހައިކޮމިޝަންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ހަަމަޖެހުނު ޓްރޭނިންގ ކޭޕެއްކަމަށެވެ.

ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން ފޭސްބުކް ޕޭޖުން ނަގާފައި

މުންތަގިމް އިތުރަށް ވިދާޅުވީ "މިއީ ގާތްގަޑަކަށް 6 މަސް ދުވަހުގެ ޓްރޭނިންގ ޕްރޮގުރާމެއް ނަމަވެސް ރޯދަމަހަށް އެތްލީޓުން މިކޮޅަށް އަންނާނެ، އަދި ރޯދަމަސް ނިމުމުން އަނެއްކާވެސް އެކޮޅަށް ދާގޮތަށް" މި ޓީމުގައި ހިމެނެނީ 10 އެތްލީޓުން ނާއި 3 އޮފިޝަލުންނެވެ.

އިންޑިއާ ޓްރޭނިންގ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ޓީމުގައި ހިމެނޭ އެތްލީޓުން ނަކީ އާމިނަތު ޖައިޝާ ޖޫނީޒް, ޒިވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، މަރިޔަމް އަލްހާ ހުސެއިން، އަބްދުލް ރަޝީދު އިސްމާއިލް، ހުސެއިން ރިޒާ، ހަސަން ސާއިދު، އަހުމަދު ނަޖުދާން އަބްދުﷲ، ހުސެއިން ޒީކް ސައުދު އެވެ. އޮފިޝަލުންގެ ގޮތުގައި މިޓީމައި އެކު މި ދަތުރުގައި ބައިވެރިވަނީ އަހުމަދު ފާއިލް، މަފާޒާ މުސްތަފާގެ އިތުރުން ޝިފާޒް ރާޝިދު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.