ސައުތުހެމްޓަން ކުޅުންތެރިން ލަނދުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
12 Jan 2023 | 04:37
ސިޓީ ކަޓުވާލުމަށް ފަހު ސައުތުހެމްޓަން ލީގުކަޕް ސެމީއަށް!

އިގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ވަރުގަދަ މެންޗެސްޓަރ ސިޓީ 2-0 ން ބަލިކޮށް ސައުތުހެމްޓަން މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދައިފިއެވެ.

ސައުތުހެމްޓަން ދަނޑުގައި މިރޭކުޅެވުނު ކުއާޓާ ފައިނަލް މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރާންސްގެ ފޯވާޑް ސެކޫ މާރާ އެވެ. މިއީ އެޓީމުގެ ބުރެޒިލް ޑިފެންޑަރ ލިޔަންކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. 

މާލީ މިޑްފީލްޑަރ މޫސާ ޑިޖެނެޕޯ ސިޓީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ މާލީ މިޑްފީލްޑަރ މޫސާ ޑިޖެނެޕޯ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރ ރޯމިއޯ ލަވިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 2-0 ސައުތުހެމްޓަން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ބަދަލު ތަކަކާއެކު މެންޗެސްޓަރ ސިޓީ އިން ކުޅުން ރަގަޅުކޮށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެޓީމަށް ސައުތުހެމްޓަންގެ ގޯލު ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިއާއެކު މެޗު ނިމިގެން ދިޔައީ 2-0 ން ސައުތުހެމްޓަން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު އެޓީމަށް ލިބިގެންނެވެ.

ވުލްވްސްގެ ކުޅުންތެރިން ނޮޓިންހަމް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މިރޭ ކުޅެވުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ވުލްވްސް އާއި ނޮޓިންހަމް ވަދަކުރި މެޗު 1-1 ން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ސެމީގެ ފަހުޖާގަ ހޯދީ ނޮޓިންހަމް އެވެ. ސެމީފައިނަލުގައި ނޮޓިންހަމް ވާދަކުރަން ޖެހެނީ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ. އަދި ސައުތުހެމްޓަން ވާދަކުރަން ޖެހެނީ ނިއުކާސަލް ޔުނައިޓެޑައި ދެކޮޅަށެވެ. މި މުބާރާތުގެ ސެމީ ފައިނަލު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭއިރު ފުރަތަމަ ލެގު ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.