ޕީއެސްޖީ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
12 Jan 2023 | 05:54
މެސީ އެނބުރި އައިސް ކާމިޔާބުކުރި ގޯލާއެކު ޕީއެސްޖީއަށް 6 ޕޮއިންޓްގެ ލީޑެއް!

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ފަހު ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ކާމިޔާބު ކުރި ލަނޑާއި އެކު 2-0 ން އެންގާސް ބަލިކޮށް ފުރާންސް ލިގު ތާވަލުގެ ކުރީގައި ޕީއެސްޖީ އިން ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅެވުނު މެޗުގައި ފުރަތަމަ ހާފުގެ ފަސް ވަނަ މިނެޓުގައި އެޓީމަށް ލީޑުނަގައިދިނީ ފުރާންސްގެ ޒުވާން ފޯވާޑް ހޫގޯ އެކިޓިކޭ އެވެ. މިއީ އެޓީމުގެ ފުރާންސް ޑިފެންޑަރ ނޯޑީ މުކިއެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެކިޓިކޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ދޮމިނޭޓުކުރީ ފީއެސްޖީ އިން ނެވެ. ނަމަވެސް މިހާފުގައި އެޓިމަށް މާގިނަ ހަމލާތަކެއް އުފެއްދިފައި ނުވާއިރު އެންގާސް ޓީމަށް ވެސް މިހާފުގައި ޕީއެސްޖީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލައެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ޕީއެސްޖީ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ދެވަނަ ހާފުގައި އެންގާސް ޓީމުން ކުޅުން ރަގަޅުކޮށް ޕީއެސްޖީގެ ގޯލައް ނުރައްކާތެރި ހަމަލާތަކެއް ފޮނިވާލިއެވެ. ނަމަވެސް އެޓީމަށް އެއިން ފުރުސަތެއްގެ ބޭނުން ނުހިފި އުޅެނިކޮށް ޕީއެސްޖީ އިން ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެސީއެވެ. މިއީ ވެސް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ފުރާންސް ޑިފެންޑަރ ނޯޑީ މުކިއެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެސި ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގެ 84 ވަނަ މިނެޓްގައި ނޭމާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 18 މެޗުން 47 ޕޮއިންޓް ހަމަކޮށް ޕީއެސްޖީ އޮތީ ލީގު ތާވަލުގެ ކުރީގައި 6 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ދެވަނާގައި އޮތް ލެންސް އަށް 18 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި އެންގާސް އޮތީ 18 މެޗުން ލިބުނު 8 ޕޮއިންޓާއި އެކު ލީގު ތާވަލުގެ ފުލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.