އޭސީ މިލާން އާއި ޓޮރީނޯ ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
12 Jan 2023 | 06:30
އޭސީ މިލާން ކަޓުވާލުމަށް ފަހު ޓޮރީނޯ ކޮޕާ އިޓާލިއާ ކުއާޓާއަށް!

ކޮޕާ އިޓާލިއާ ދެވަނަ ބުރުގައި 10 ކުޅުންތެރިންނާއި އެކު ކުޅުނު ޓޮރީނޯ އަތުން 1-0 ން ބަލިވެ ލީގު ޗެންޕިއަން އޭސީ މިލާން މުބާރާތުން ކަޓައިފިއެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ، މި ހާފުގެ 12 ވަނަ މިނެޓުގައި ޓޮރީނޯގެ ސާބިއާ މިޑްފީލްޑަރ ސަސާ ލުކިޗް އޭސީ މިލާނުގެ ޕެނަލްޓީ އެރިއާތެރެއަށް ވަދެ ފޮނުވާލި ނުރައްކާތެރި ހަމަލާ އެޓީމުގެ ރޫމޭނިއާ ގޯލްކީއްޕަރު ސިޕްރިއަން ތަތަރުސާނޫ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮއްފައެވެ. މި ހާފުގައި އެސީ މިލާނުން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ބެލްޖިއަމް މިޑްފިލްޑަރ ޗާލްސް ޑި ކެޓެލޭރޭ އަށެވެ. ކޯނަރަކުން ޓޮރީނޯގެ ގޯލުކުރިމައްޗަށް ހުރަސްވި ބޯޅައެއް އޭނާ ބޮލުން ކުރިއަށް ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ޓޮރީނޯގެ އައިވަރިކޯސްޓް ޑިފެންޑަރ ކޮފީ ޖިދްޖީ އަށް ރެފްރީ ރަތް ކާޑު ދައްކަނީ 

މެޗުގެ ދެވަނަ ހާފުގައި އޭސި މިލާނުން ޓޮރީނޯގެ ގޯލައް ގިނަ ހަމަލާތަކެއްފޮނުވަލިއެވެ. އަދި ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ޓޮރީނޯގެ އައިވަރިކޯސްޓް ޑިފެންޑަރ ކޮފީ ޖިދްޖީ އޭސީ މިލާންގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗުގެ ވަނީ އޭނާއަށް ދެވަނަ ރީނދޫކާޑާއެކު ރަތް ކާޑެއްދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއެއް މަދުކޮށެވެ.

މެޗުގެ 90 މިނެޓް ކުޅުން ހަމަވިއިރު ދެޓީމު 0-0 ން އެއްވަރުވެފައި އޮތުން ނަތީއްޖާނެރުމަށް ކުޅެވުނު 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ދެވަނަ ހާފުގައި، މެޗުގެ 114 ވަނަ މިނެޓުގައި ޓޮރީނޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް ދިނީ ފުރާންސްގެ މިޑްފީލްޑަރ މިޝޭލް އެޑޯޕޯ އެވެ. މިއީ އެޓީމުގެ ފުރާންސް މިޑްފީލްޑަރ ބްރަޔަން ޖެފްޓޭ ބަޔޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 1-0 ން ޓޮރީނޯ މޮޅުވެގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.