މެންސް ޑަބަލްސް ޗެންޕިއަންސް ނިޔާޒް އަދި ރައޫފް ފޮޓޯ: އައި- ޝަޓަރ
ކުޅިވަރު
12 Jan 2023 | 15:09
އޭޑިވިޝަން މެންސް ޑަބަލްސް، ޗެންޕިއަންކަން ޢަބްދުއްރައޫފް އާއި ޔޫސުފް ނިޔާޒް އަށް!

ނައިފަރު އޯޕަން 2023 ބެޑްމިންޓަން މުބާރާތުގެ އޭޑިވިޝަން މެންސް ޑަބަލްސް، ޗެންޕިއަންކަން ޢަބްދުއްރައޫފް އާއި ޔޫސުފް ނިޔާޒް ހޯދައިފިއެވެ. މި ހަފްތާގެ ހޯމަދުވަހުގެ ރޭ ނައިފަރުގެ ބެޑްމިންޓަން ހޯލުގައި ކުޅެވުނު ފައިނަލުގައި އޭޑިވިޝަން މެންސް ޑަބަލްސް، ޗެންޕިއަންކަން ޢަބްދުއްރައޫފް އާއި ޔޫސުފް ނިޔާޒް ހޯދީ ހާމިދު ނަޒީމް / ޢަލީ ދާވޫދު އާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަަށް ފަހު 13/21 , 13/21 ން މެޗުުު ކާމިޔާބުކޮށްގެންނެވެ.

ނިއާޒް އާއި ރައޫފް (ކ) އަދި ދާވޫދު އާއި ނަޒީމް (ވ) ފޮޓޯ:އައި-ޝަޓަރ

120 ބައިވެރިންނާއި އެކު 2022 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން 2023 ޖެނުއަރީ 9 ގެ ނިއަލަށް ކުރިއަށްގެންދިޔަ މި މުބާރާތަކީ، ޅ.ނައިފަރުގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ފަރާތުން އިންތިޒާމްކޮށްގެން މި އަހަރު އަލަށް ބާއްވަން ފެށި މުބާރާތެކެވެ.

ދާވޫދު އާއި ނަޒީމް މެންސް ޑަބަލްސް ފައިނަލުގައި ވާދަކުރަނީ ފޮޓޯ: އައި ޝަޓަރ

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ, ކޯރާ ކޯރާ މޯލްޑިވްސް އެވެ. މީގެ އިތުރުން މުބާރާތުގެ އިވެންޓް ޕާރޓްނާރސް ގޮތުގައި ފުޝިފަރު މޯލްޑިވްސް, ކޮކޫން މޯލްޑިވްސް, ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސާފައިވާއިރު ސަޕޯރޓިންގ ޕާރޓްނާރސް އަކީ ކެފޭ ކެރިސްޕީ, ލޫލޭ, ވާވާ ގްރޫޕް, އަސްކަނި ސްޕޯރޓްސް, ޒުހަލް އެކްސްޕްރެސް, ބަޑީޒް ނެޓް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.