ބީޑިވިޝަން މެންސް ސިންގަލްސް ޗެންޕިއަން އަހުމަދު މޫސާ ފޮޓޯ: އައި ޝަޓަރ
ކުޅިވަރު
12 Jan 2023 | 16:00
ބީޑިވިޝަން މެންސް ސިންގަލްސް، ޗެންޕިއަންކަން އަޙްމަދު މޫސާ އަށް!

ނައިފަރު އޯޕަން 2023 ބެޑްމިންޓަން މުބާރާތުގެ ބީޑިވިޝަން މެންސް ސިންގަލްސް، ޗެންޕިއަންކަން އަހުމަދު މޫސާ ހޯދައިފިއެވެ. މި ހަފްތާގެ ހޯމަދުވަހުގެ ރޭ ނައިފަރުގެ ބެޑްމިންޓަން ހޯލުގައި ކުޅެވުނު ފައިނަލުގައި ބީޑިވިޝަން މެންސް ސިންގަލްސް، ޗެންޕިއަންކަން އަހުމަދު މޫސާ ހޯދީ އިބްރާހިމް މޫސާ އާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަަށް ފަހު 15/21 , 21/17 , 15/21 ން މެޗުުު ކާމިޔާބުކޮށްގެންނެވެ.

ބީޑިވިޝަން މެންސް ސިންގަލްސް ފައިނަލުގައި އިބްރާހިމް މޫސާ ވާދަކުރަނި ފޮޓޯ: އައި- ޝަޓަރ

120 ބައިވެރިންނާއި އެކު 2022 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން 2023 ޖެނުއަރީ 9 ގެ ނިއަލަށް ކުރިއަށްގެންދިޔަ މި މުބާރާތަކީ، ޅ.ނައިފަރުގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ފަރާތުން އިންތިޒާމްކޮށްގެން މި އަހަރު އަލަށް ބާއްވަން ފެށި މުބާރާތެކެވެ.

ބީޑިވިޝަން މެންސް ސިންގަލްސް ފައިނަލު މެޗުގެ ތެރެއިން އަހުމަދު މޫސާ ފޮޓޯ: އައި - ޝަޓަރ

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ, ކޯރާ ކޯރާ މޯލްޑިވްސް އެވެ. މީގެ އިތުރުން މުބާރާތުގެ އިވެންޓް ޕާރޓްނާރސް ގޮތުގައި ފުޝިފަރު މޯލްޑިވްސް, ކޮކޫން މޯލްޑިވްސް, ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސާފައިވާއިރު ސަޕޯރޓިންގ ޕާރޓްނާރސް އަކީ ކެފޭ ކެރިސްޕީ, ލޫލޭ, ވާވާ ގްރޫޕް, އަސްކަނި ސްޕޯރޓްސް, ޒުހަލް އެކްސްޕްރެސް, ބަޑީޒް ނެޓް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ