މާކަސް ރަޝްފޯޑް
ކުޅިވަރު
14 Jan 2023 | 19:22
ސިޓީ ބަލިކޮށް ޔުނައިޓެޑުން އެޓީމާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި

އިގިރޭސި ޕްރެމިއާ ލީގުގައި ވާދަވެރި މެންޗެސްޓަރ ސިޓީ 2-1 ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ޕްރެމިއާ ލީގު ތާވަލުގެ ދެވަނާގައި އޮތް ސިޓީއާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮއްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފާރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. މި ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ސިޓީ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް އެޓީމަށް މެންޗެސްޓަރ ގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. 

ޖެކް ގްރީލިޝް މިރޭގެ މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދެނީ

މިރޭގެ މެޗުގެ ދެވަނަ ހާފުގައި ސިޓީއަށް މެޗުގެ ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އިގިރޭސި މިޑްފީލްޑަރ ޖެކް ގްރީލިޝް އެވެ. މިއީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.

މެންޗެސްޓަރ ސިޓީ ކުރީގައި އޮވެ މެޗު ނިމެންދަނިކޮށް ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ޔުނައިޓެޑަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ ބްރެޒިލްގެ މިޑްފީލްޑަރ ކަސަމީރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފެނާންޑޭޒް ކާމިޔާބުކޮށްދިން ގޯލެކެވެ.

ބްރޫނޯ ފެނާންޑޭޒް މެންޗެސްޓަރ ޔުނައިޓެޑަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދެނީ

މިރޭގެ މެޗުން މެންޗެސްޓަރ ޔުނައިޓެޑު މޮޅުވި ލަނޑު ފަހު ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިވަގުތު އާދަޔާ ޚިލާފު ރަގަޅު ފޯމެއްގައި ކުޅެމުން އަންނަ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އާޖެންޓީނާގެ ޒުވާން ފޯވާޑް އަލެޖަންޑްރޯ ގާނާޗޯ ތނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެންޗެސްޓަރ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި މާކަސް ރަޝްފޯޑް 8 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 18 މެޗުން 38 ޕޮއިންޓް ހަމަކޮށް މެންޗެސްޓަރ ޔުނައިޓެޑު ވަނީ ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ.

މިރޭގެ މެޗުން ބަލިވި ނަމަވެސް މެންޗެސްޓަރ ސިޓީ އަދިވެސް އޮތީ ލީގު ތާވަލުގެ ދެވަނާގައެވެ. 18 މެޗުން އެޓީމަށް 39 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނާގައި އޮތީ 17 މެޗުން 44 ޕޮއިންޓާއި އެކު އާސެނަލްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.