ރާއްޖޭގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމު
ކުޅިވަރު
14 Jan 2023 | 20:05
އޮލިމްޕިކް ކޮލިފައިންގައި މިޔަންމާ، އީރާން، ބަންގްލަދޭޝް އަދި ރާއްޖެ އެއްގުރޫޕެއްގައި

މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ހައުސްގައި ބުރާސްފަތި ދުވަހު ބެއްވުނު ގުރުނެގުމުގެ ރަސްމިއްޔާތުގައި، އަންނަ އޭޕްރީލް މަހު ބާއްވާ އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިން މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މިޔަންމާ، އީރާން އަދި ބަންގްލަދޭޝް އާއި އެއްގުރޫޕެއްގައި ހިމެނިއްޖެއެވެ. 

ގްރޫޕް ބީގައި ހިމެނޭ ދިވެހިރާއްޖެ އީރާން، ބަންގުލަދޭޝް އަދި މިޔަންމާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރަލައިޒްޑް ދަނޑެއްގަ އެވެ. މެޗުތައް ކުޅޭނެ ތަން އިއުލާނު ކުރާނީ ފަހުންނެވެ.

ދިވެހިރާއްޖޭގެ އަންހެން ފުޓްބޯޅަ މިވަގުތު އޮތީ ފީފާ ރޭންކިންގެ 159 ވަނައިގަ

ދިވެހިރާއްޖޭގެ އަންހެން ފުޓްބޯޅަ މިވަގުތު އޮތީ ފީފާ ރޭންކިންގެ 159 ވަނައިގައެވެ. އަދި މިގުރޫޕުގައި ހިމެނޭ މިޔަންމާ މިވަގުތު އޮތީ ފީފާ ރޭންކިންގެ 48 ވަނައިގައެވެ. އީރާން 68 ވަނާގައި އޮތްއިރު ބަންގުލަދޭޝް އޮތީ 140 ވަނައިގައެވެ. 

ފުރަތަމަ ބުރުގައި އޭޝިއާގެ 26 ޓީމެއް ކުޅޭނެ އެވެ. އެއީ ހަތަރު ޓީމުގެ ފަސް ގުރޫޕަކާއި ތިން ޓީމުގެ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުން ގްރޫޕް ކާމިޔާބުކުރާ ހަތް ޓީމު އޭޝިއާގެ އެންމެ މަތީ ރޭންކިންގެ ފަސް ޓީމު ކަމަށްވާ އުތުރު ކޮރެއާ، ޖަޕާން، އޮސްޓްރޭލިއާ، ޗައިނާ އަދި ދެކުނު ކޮރެއާއާ އެކު އޮކްޓޯބަރު މަހު ބާއްވާ ޕެރިސް 2024 ގެ އޮލިމްޕިކް އަންހެން ފުޓްބޯޅަ ކޮލިފައިންގެ ދެ ވަނަ ބުރުގައި ބައިވެރިވާނެ އެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު-ޑިސެމްބަރު މަހު ބާއްވާ ފައިނަލް ބުރުގައި ޕެރިސް 2024 އޮލިމްޕިކްސްގެ ދެ ޖާގައަށް ވާދަކުރާނީ ގްރޫޕް ޗެމްޕިއަން ތިން ޓީމާއި ދެވަނަ ބުރުން އެންމެ މޮޅު އެއް ރަނަރަޕް ޓީމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.