ލިވަޕޫލް އަތުން ބްރައިޓަން މޮޅުވީ 3-0 ން
ކުޅިވަރު
14 Jan 2023 | 22:38
ރަށުން ބޭރުގައި ބްރައިޓަން އަތުން ތަފާތުބޮޑު ނަތީއްޖާއަކުން ލިވަޕޫލް ބަލިވެއްޖެ!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބްރައިޓަން އާއި ވާދަކޮށް 3-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުން ބަލިވެ ލީގު ތާވަލުގެ އަށް ވަނައަށް ލިވަޕޫލް ވެއްޓިއްޖެއެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި މިރޭ ކުޅެވުން މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓްކުރީ ބްރައިޓަން އިން ނެވެ. މިހާފުގައި އެޓީމުން ލިވަޕޫލްގެ ގޯލާ އަމާޒުކޮށް ތިން ހަމަލާއެއް ފޮނުވާލިއިރު، އެޓީމުގެ ގޯލާ އަމާޒުކޮށް ލިވަޕޫލަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ވެލްބެކް ބްރައިޓަންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދެނީ

މެޗުގެ ދެވަނަ ހާފު ފެށިގެން 8 މިނެޓްތެރޭގައި ބްރައިޓަންގެ އިގިރޭސި މިޑްފީލްޑަރ ސޮލަމަން މާޗު ވަނީ އެޓީމަށް ދެ ލަނޑު ކާމިޔަބުކޮށްދީފައެވެ. ފުރަތަމަ ލަނޑު 47 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިންއިރު އޭގެ ހަ މިނެޓް ފަހުން އެޓީމުގެ ދެވަނަ ލަނޑު 53 ވަނަ މިނެޓްގައި އޭނާ ކާމިޔާބުކޮށްދިނީ އެޓީމުގެ އަޔަލޭންޑް ފޯވާޑް އީވާން ފާގަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ސޮލޮމަން މާޗު މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން

ބްރައިޓަން އިން ދެ ލަނޑުގެ ލީޑެއްނެގުމުން ލިވަޕޫލުން ބަދަލުތަކެއް ގެނެސް ލަނޑެއްޖެހޭތޯ މަސައްކަތްކުރަމުން ދަނިކޮށް ފަހު ހާފުގެ 81 ވަނަ މިނެޓުގައި ބްރައިޓަންގެ އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ 3-0 އަށް ބަދަލުކޮއްފައެވެ. މިއީ މިރޭގެ މެޗުގައި އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިގިރޭސި މިޑްފީލްޑަރ ސޮލަމަން މާޗު ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެލްބެކް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 18 މެޗުން 30 ޕޮއިންޓު ހަމަކޮށް ބްރައިޓަން އިން ވަނީ ލިވަޕޫލް ފަހަތަށް ޖައްސާލުމަށް ފަހު ލިގު ތާވަލުގެ 7 ވަނައަށް ޖެހިލައިފައެވެ. މިރޭގެ މެޗުން ބަލިވި ލިވަޕޫލް އަށް 18 މެޗުން ލިބިފައިވަނީ 28 ޕޮއިންޓާއި އެކު ލީގު ތާވަލުގެ 8 ވަނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.