ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު
15 Jan 2023 | 05:47
ފީފާގެ "ދަ ބެސްޓް" އެވޯޑްގެ ފެއިވަރެޓަކީ މެސީ، ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ނުހިމެނޭ!

ފީފާގެ "ދަ ބެސްޓް" ގެ ނަމުގައި 2016 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ކޮންމެ އަހަރަކު ދޭންފެށި "ދަ ބެސްޓް" އެވޯޑަށް ނޮމިނޭޓުވެފައިވާ ކުޅުންތެރިންގެ ލިސްޓް އެ އިދާރާއިން އާންމުކޮށްފައިވާއިރު މި އެވޯޑް އެންމެ ފުރަތަމަ ދެ އަހަރު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ 2022 ވަނަ އަހަރުގެ އެވޯޑަށް ނޮމިނޭޓްވި 14 ކުޅުންތެރިންގެ ތެރޭގައި ނުހިމެނެއެވެ.

ރޮބަޓް ލެވަންޑޯސްކީ

2016 އަދި 2017 ވަނަ އަހަރު ފީފާ "ދަ ބެސްޓް" އެވޯޑް ހޯދާފައި ވަނީ އޭރު ރެއާލް މެޑްރިޑަށް ކުޅެމުން ދިޔަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި ޖެހިގެން އައި 2018 ވަނަ އަހަރުވެސް ރޮނާލްޑޯއަށް މި އެވޯޑް ލިބޭނެކަމަށް ގިނަބަޔަކު އުންމީދު ކުރިއެވެ. ނަމަވެސް ރޮނާލްޑޯ ފަހަތައް ޖައްސާލުމަށް ފަހު އެވޯޑް ހޯދީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާ ޓީމު ފައިނަލަށް ގެންގޮސްދިއުމުގައި މުހިންމު ދައުރެއް އާދާކޮށްދިން އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗު އެވެ.

ލޫކާ މޮޑްރިޗު

2019 ވަނަ އަހަރު "ދަ ބެސްޓް އެވޯޑް" ބާސެލޯނާ އަދި އާޖެންޓީނާގެ ލިއޮނަލް މެސީ ފުރަތަމަ ފަހަރަށް ހޯދި އިރު 2020 އަދި 2021 ވަނަ އަހަރު މި އެވޯޑް ހޯދައިފައި ވަނީ އޭރު ބަޔާން މިއުނިކަށް ކުޅެމުންއައި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ.

ލިއޮނަލް މެސީ

މިދިޔަ އަހަރުގެ ފީފާގެ "ދަ ބެސްޓް" އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 27 ފެބްރުއަރީ 2023 ގައެވެ. އަދި ފީފާ ވެބްސައިޓް މެދުވެރިކޮށް ސަޕޯޓަރުންނަށް މި އެވޯޑަށް ވޯޓު ލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

2022 ވަނަ އަހަރުގެ ފީފާ ދަ ބެސްޓް އެވޯޑަށް ނޮމިނޭޓުވެފައިވާ 14 ކުޅުންތެރިން

2022 ވަނަ އަހަރުގެ ފީފާ ދަ ބެސްޓް އެވޯޑަށް ނޮމިނޭޓުވެފައިވާ 14 ކުޅުންތެރިންނަކީ ޖޫލިއަން އަލްވަރޭޒް (އާޖެންޓީނާ / ރިވާ ޕްލޭޓް / މެންޗެސްޓާ ސިޓީ )، ޖޫޑް ބެލިންހަމް (އިންގްލެންޑް / ބޮރޫޝިއާ ޑޯޓްމަންޑް )، ކަރީމް ބެންޒެމާ (ފްރާންސް / ރެއާލް މެޑްރިޑް )، ކެވިން ޑި ބްރޭނާ (ބެލްޖިއަމް / މެންޗެސްޓާ ސިޓީ )، އެރްލިންގް ހާލަންޑް (ނޯވޭ / ބޮރޫޝިއާ ޑޯޓްމަންޑް / މެންޗެސްޓާ ސިޓީ )، އަޗްރާފް ހަކީމީ (މޮރޮކޯ / ޕީއެސްޖީ )، ރޮބަޓް ލެވަންޑޯސްކީ (ޕޮލެންޑް / ބަޔާން މިއުނިކް / ބާސެލޯނާ)، ސަޑިއޯ މާނޭ (ސެނެގާލް / ލިވަޕޫލް  /  ބަޔާން މިއުނިކް)، ކިލިއަން އެމްބާޕޭ (ފްރާންސް / ޕީއެސްޖީ)، ލިއޮނަލް މެސީ (އާޖެންޓީނާ / ޕީއެސްޖީ)، ލޫކާ މޮޑްރިޗް (ކްރޮއޭޝިއާ / ރެއާލް މެޑްރިޑް )، ނޭމާ (ބްރެޒިލް / ޕީއެސްޖީ)، މުހައްމަދު ސަލާހު (މިސްރު / ލިވަޕޫލް )، ވިނިސިއަސް ޖޫނިއާ (ބްރެޒިލް / ރެއާލް މެޑްރިޑް ) އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.