އާސެނަލް ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
16 Jan 2023 | 07:51
ލީގު ތާވަލުގެ ކުރީގައި އާސެނަލް އިން 8 ޕޮއިންޓްގެ ލީޑެއް ނަގައިފި

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވާދަވެރި ޓޮޓެންހަމް 2-0 ން ބަލިކޮށް ލީގު ތާވަލުގެ ކުރީގައި އާސެނަލް އިން 8 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ލީގުގައި އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އާސެނަލް މޮޅުވެފައިވާ އިރު، އެޓީމަށް ވަނީ 18 މެޗުން 47 ޕޮއިންޓް ލިބިފައެވެ.

ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އާސެނަލް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިއިރު، މި ލަނޑަކީ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އާސެނަލްގެ އިގިރޭސި ފޯވާޑް ބުކަޔޯ ސަކާ އަރިމަތިން ގޯލުކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ޓޮޓެންހަމްގެ ޑިފެންޑަރެއް ފައިގައި ޖެހިފައި ގޯލަށް ވަނީ ލޮރިސްގެ އަތު ތެރެއިންނެވެ.

މާޓިން އޮޑެގާޑު ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

މީގެ އިތުރުން ފުރަތަމަ ހާފުގައި އާސެނަލްގެ ޒުވާން ފޯވާޑް އެޑްވާޑް އެންކެޓިއާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލޮރިސް ދިފާއު ކުރި އިރު، ހާފު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، އެޓީމުން ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑު އެވެ. މިއީ އިގިރޭސި ފޯވާޑް ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-0 ގެ ނަތީއްޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

އާސެނަލް އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން

ދެވަނަ ހާފުގައި ޓޮޓެންހަމުން ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތައް އާސެނަލްގެ ގޯލަށް އަމާޒުކޮށް ފެނުވާލިއެވެ.، ހެރީ ކޭންއާއި ރަޔާން ސެސެޔޯން އިތުރުން ހިއުން-މިން ސޮން މިހާފުގައި ފޮނުވާލި ހަމަލާތައް އާސެނަލްގެ ގޯލްކީޕަރު އޭރޮން ރެމްސްޑޭލް ވަނި ހުޝިއާރުކަމާއި އެކު ދިފާއުކޮށްފައެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 18 މެޗުން ލިބުނު 47 ޕޮއިންޓާއި އެކު އާސެނަލް މިވަގުތު އޮތީ ލީގު ޓާވަލުގެ އެއްވަނައިގައި އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން 18 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ސިޓީން މި ހަފުތާގައި ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައިވާ އިރު، ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އެއީ 18 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި އޮތީ 19 މެޗުން 38 ޕޮއިންޓު ހޯދައިފައިވާ ނިއުކާސަލްއެވެ. މިރޭގެ މެޗުން ބަލިވެ، ޓޮޓެންހަމް ތާވަލުގެ ފަސްވަނައިގައި އޮތީ 19 މެޗުން 33 ޕޮއިންޓާއެކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ