ސްޕެނިޝް ސުޕަކަޕް ޗެންޕިއަން ބާސެލޯނާ
ކުޅިވަރު
16 Jan 2023 | 08:28
ސްޕެނިޝް ސުޕަކަޕް ޗެންޕިއަންކަން ބާސެލޯނާއަށް!

ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ވަދަވެރި ރެއާލް މެޑްރިޑް 3-1 ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން 14 ވަނަ ފަހަރަށް ބާސެލޯނާއިން ހޯދައިފިއެވެ.

ސައުދި އަރަބިއާގ ވެރިރަށް ރިއާޒުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭކުޅެވުނު ފައިނަލް މެޗުގައި ރެއާލް މެޑްރިޑުގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނުނު އިރު މެޗު ފެށުނީއްސުރެ ބާސެލޯނާއިން ވަނީ މެޗު ޑޮމިނޭޓުކޮށް ރެއާލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ލެވަންޑޮސްކީ ބާސާގެ ދެވަނަ ލަނޑު ކާމިޔަބުކޮށްދެނީ

މިގޮތުނަ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ބާސާގެ ފޯވާޑް ލެވަންޑޮސްކީ ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީއްޕަރު އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ދެވަނަ ފަހަރަށް އެބޯޅަ ލިބުނީ މުޅިން ހުސްކޮށް ހުރި ބާސާގެ ޒުވާން ޑިފެންޑަރ އަލެޖަންޑްރޯ ބަލްޑޭ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ޕެޑްރީ ބާސާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދެނީ

ރޭގެ މެޗުގައި ބާސެލޯނާއިން ލީޑު ނެގީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރުން ހެދި މިސްޓޭކެއްގެ ފައިދާނަގައި ލެވަންޑޮސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޒުވާން މިޑްފީލްޑަރ ގާވީ އެވެ. އަދި ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ބާސާގެ ލީޑު ފުޅާކޮށްދިނީ ލެވަންޑޮސްކީއެވެ. މިއީ ގާވީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ގޯލްއޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެ ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ގޯލެކެވެ.

ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެން ދިޔައިރު ދެވަނަ ހާފުގައިވެސް ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓުކުރީ ބާސެލޯނާއިން ނެވެ. ނަމަވެސް މިހާފުގައި ރެއާލް މެޑްރިޑުން ކުރިއަށްޖެހި ލަނޑެއްކާމިޔާބުކުރެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. މި މެޗުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޕެޑްރީ ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ގާވީ ރެއާލް މެޑްރިޑް ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ބެންޒެމާ ރެއާލްގެ ހަމައެކަނި ލަނޑު މިމެޗުގައި ކާމިޔާބުކޮށްދިނުމަށް ފަހު

ރެއާލް މެޑްރިޑުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުތެރޭގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާއެވެ. މިއީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސްޕެއިންގެ މިޑްފީލްޑަރ ޑެނިއަލް ސެބަލޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑެކެވެ. 

މީއީ ބާސެލޯނާގެ ކޯޗު ޒަވީ އެޓީމާއި ހަވާލުވި ފަހުން އެޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ ތައްޓެވެ. އަދި މެސީ އެޓީމު ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން ބަސެލޯނާއިން މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ