މާލޭގައި ބޭއްވި ރައީސް ޞާލިހުގެ ކެންޕެއިން ޖަލްސާގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
18 Jan 2023 | 10:48
ރައީސް ޞާލިހު ބައިވެރިވެވަޑައިގަންނަވާ ކެންޕެއިން ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ މާލޭގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ, ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވާ ކެންޕެއިން ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ހާމަކޮށްފައިވާ ގޮތުގައި އެ އިވެންޓް އޮންނާނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ 8:30 ވާއިރު އެވެ.

ޕްރައިމަރީގެ ކެމްޕެއިނަށް މާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކަށްވެސް ރައީސް ޞާލިހު އަންނަނީ ދަތުރު ކުރައްވަމުންނެވެ. އެގޮތުން، ފާއިތުވި ހަފްތާގައި އައްޑު އަތޮޅަށް ވަޑައިގެންފައިވާއިރު، އިއްޔެ ވަނީ ހއ. ގެ އަތޮޅު ތަކަށް ވަޑައިގެންފައެވެ.

ރައީސް ޞާލިހު ކުރައްވާ ހުރިހާ ދަތުރުފުޅެއްގައި އަރިހުގައި އެމަނިކުފާނަށް ތާއިދުކުރައްވާ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންވެސް އަންނަނީ ބައިވެރިވަމުންނެވެ. އަދި އެމަނިކުފާނު ވަޑައިގަންނަވާ ރަށް ރަށަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް އަންނަނީ ވައުދުވެވަޑައިގަންނަވަމުންނެވެ. 

އެމްޑީޕީ ޕްރައިމަރީގައި ރައީސް ޞާލިހާއި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނުވެސް އަންނަނީ އަމަލީގޮތުން މާލެއާއި އަތޮޅު ތެރޭގައި ކެންޕެއިން ހަރަކާތްތައް ބާއްވައި އެ ހަރަކާތް ތަކުގައި ބައިވެރި ވަމުންނެވެ.

މިމަހު 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ފޯރިގަދަ ޕްރައިމަރީ އަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި މިއީ އެމްޑީޕީގެ ކުރިމަގު ބިނާ ކުރުމަށް މުހިންމު ޕްރައިމަރީ އެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.