ރައީސް ސޯލިހު ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ.. ފޮޓޯ: މީސްމީޑިއާ
ހަބަރު
18 Jan 2023 | 20:08
ހުރިހާ ރަށަކަށް ކަރަންޓު ދެވިއްޖެ، ގައިމު ކަމެއްކޮށް ނިންމިއްޖެތާ: ރައީސް ޞާލިހް

މި ވެރިކަމުގައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ހުރިހާ ރަށަކަށް ކަށަވަރު ކޮށްދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހދ ކުމުންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ ރަށްތަކުގައި މީހުން ދިރިއުޅެމުން ދިޔައީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. ގިނައީ ސާފު ބޯފެނާއި ސިއްހީ ޚިދުމަތްތައް އެކަށިގެންވާ ގޮތެއްގައި ނުލިބޭ ރަށް ރަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

"އަޅުގަނޑުމެން ވެރިކަމަށް އައިރުގަ ރާއްޖޭގެ ބޮޑު ބަޔަކަށް ސާފު ބޯފެނެއް ނުލިބޭ. ނަރުދަމާގެ ނިޒާމެއް ނެތް. ސިއްހީ ޚިދުމަތް ރަށްރަށުން ހޯދުމަކީ ދަތި އުނދަގޫ ބޮޑު ވޭނަކަށް ވެފަ. ސުކޫލުތަކުގެ ހާލު އޮތް ގޮތް ޚާއްސަކޮށް ކުދި ރަށްރަށުގައި އޮތް ގޮތް ވަރަށް ސާފުކޮށް އެނގެން އޮތީ"

ރައީސް ސޯލިހު 

އެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ ސިޔާސަތަކަށް ހެއްދެވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް އަސާސީ ކަންކަން ފުރިހަމަކޮށްދެއްވުން ކަމަށެވެ.

މިހާރު ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެއްވެސް ރަށެއްގައި ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން ނުދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ މި ވެރިކަމުގައި ރައްޔިތުންނަށް ކަމެއް ކޮށްދެވިއްޖެ ކަމުގެ މިސާލެއްކަމަށް ރައީސް ސޯލިހު ވަނީ ސިފަކުރައްވާފަ އެވެ. 

"މޫސަ އަޅުގަނޑު ގާތު ދަންނަވާލި ވާހަކައެއް... މި ރަށް ރަށަށް ދާއިރުގައި އެއްވެސް ރަށަކުން ކަރަންޓުގެ ޝަކުވާއެއް މިހާރަކު ނާދެޔޭ. ހަމަގައިމުވެސް ކަމެއްކޮށް ނިންމިއްޖެތާ"

ރައީސް ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ ކަރަންޓުގެ އިތުރުންވެސް ވަރަށް ގިނަ އަސާސީ ކަންކަން ގިނަ ރަށްރަށުގައި ނިންމާލެވިފައި ވާ ކަމަށެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމަށް ރައީސް ސޯލިހު ރަށްތަކަށް ދަތުރު ކުރައްވަމުންދާއިރު، އެ ރަށްރަށުގައި ކުރައްވާނެ މުހިންމު މަސައްކަތްތައްވެސް ގެންދަވަނީ އިއުލާނު ކުރައްވަމުންނެވެ. އަދި ދެވަނަ ދެވަނަ ދައުރެއް އެމަނިކުފާނަށް ލިބިވަޑައިގެންފި ނަމަ ގެންގުޅުއްވާނެ ސިޔާސަތުތައްވެސް އެމަނިކުފާނު ގެންދަވަނީ ހާމަ ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.