ލުއިސް ސުއަރޭޒް
ކުޅިވަރު
18 Jan 2023 | 20:10
ލުއިސް ސުއަރޭޒްގެ ހެޓްރިކާއެކު ގްރެމިއޯއިން ރެކޯޕާ ގައުޗާ ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!

ލުއިސް ސުއަރޭޒްގެ ހެޓްރިކާއެކު ސާއޯ ލުއިޒް އަތުން 4-1 އިން މޮޅުވެ ގްރެމިއޯއިން ރެކޯޕާ ގައުޗާ ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ބާސެލޯނާ، ލިވަޕޫލްގެ އަދި އެތްލެޓިކޯ މެޑްރިޑުގެ ކުރީގެ ފޯވާޑް ފުރަތަމަ ހާފުގެ 38 މިނެޓުގެ ތެރޭގައި ހެޓްރިކް ފުރިހަމަކުރި އިރު މި މެޗުގައި ގްރެމިއޯއިން ކާމިޔާބުކުރި ހަތަރު ލަނޑުވެސް ކާމިޔާބުކޮއްފައި ވަނީ ފުރަތަމަ ހާފުގައެވެ.

އުމުރުން 35 އަހަރުގެ ސުއަރޭޒް ބްރެޒިލްގެ ކްލަބާ ގުޅުނީ މިދިޔަ ޑިސެމްބަރު މަހު އޭރު އެނާ ކުޅެމުންއައި ކުލަބު ކަމަށްވާ ނެސިއޯނަލް ކޮންޓްރެކްޓް ހަމަވުމުން އެޓީމު ދޫކޮށްލުމަށް ފަހު އެވެ. ސުއަރޭޒްގެ ކުޑައިރުގެ ކުލަބު ދޫކޮށްލުމަށް ފަހު ވޯލްޑް ކަޕަށް ފުޓްބޯޅަ މުބާރާތް ނިމެންދެން އޭނާ ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. ވޯލްޑް ކަޕަށް ފަހު އޭނާ ބުރެޒިލްގެ ކުލަބް ގްރެމިއޯ އާއިއެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ.

ފުރަތަމަ މެޗުގައި ގްރެމިއޯއަށް ހެޓްރިކް ކާމިޔާބުކޮށްދިނުމަށް ފަހު ސުއަރޭޒް އުފާ ފާޅުކުރަނީ

މެޗަށް ހަފު ސްޕޯޓްވީ އާއި ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ މިއީ އޭނާގެ އެންމެ ފުރިހަމަ ޑެބިއު މެޗު ކަމަށެވެ. ކުރިން ނެދަލޭންޑްސް ގެ އަޔަކްސް، ޕްރެމިއާ ލީގުގެ ލިވަޕޫލް، ސްޕެނިޝް ލަލީގާގެ ދެކުލަބު ކަމަށްވާ ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑުގައި މޮޅުކުޅުމެއް ދައްކައިދީފައިވާ އުރުގުއާއީގެ ފޯވާޑް މީގެކުރިން ޑެބިއު މެޗެއްގައި ގޯލު ކާމިޔާބުކޮށްދީފައި ވަނީ އެތްލެޓިކޯ މެޑްރިޑަށެވެ.

ގްރެމިއޯއިން ރެކޯޕާ ގައުޗާ ސުޕަ ކަޕްގެ ޓްރޮފީއާއި އެކު

މެޗުގެ ދެވަނަ ހާފު ކުުޅުންފެށިގެ 14 ވަނަ މިނެޓުގައި ގްރެމިއޯގެ ކޯޗު ސުވަރޭޒު ބަދަލުކޮއްފައިވާއިރު ދަނޑައްވަދެތިބި ގްރެމިއޯގެ ސަޕޯޓަރުންގެ ފަރާތުން ސްއަރޭޒަށް ބޮޑުތަރުހީބެއްލިބިފައިވެއެވެ. އަދި މެޗަށްފަހު އެޓީމުގެ ކޯޗުވަނީ ސުއަރޭޒުގެ ކުޅުމަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ.

މިއީ 2013 ވަނަ އަހަރު ނޯވިޗް ސިޓީއާ ދެކޮޅަށް ލިވަޕޫލާ އެކު ސުއަރޭޒް ހެޓްރިކް ހެދި ފަހުން ފުރަތަމަ ހާފުގައި އޭނާ ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. އަދި 2020 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ވާދަވެރި އެތުލެޓިކޯއާ ގުޅުމަށްފަހު އެޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި  އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވުމަށް ފަހު ގްރެމިއޯ މި ސީޒަނުގައި ކުޅޭނީ ބްރެޒިލްގެ ސެރީއޭގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ