ކެނެޑީ މުސޮންޑާ މޭން އޮފް ދަ މެޗުގެ އިނާމާއި އެކު
ކުޅިވަރު
18 Jan 2023 | 23:54
މޮޅު ކުޅުންތެރިއާގެ މަގާމަށް ފަސް ޓްރޭ ކުކުޅު ބިސް!

ޒެމްބިއާގެ ފުޓުބޯޅަ ކުޅުންތެރިޔާ ކެނެޑީ މުސޮންޑާ އަށް ޓެންޒޭނިއާ ލީގުގައި ދެއްކި ކުޅުމަށް އިނާމެއްގެ ގޮތުގައި ފަސް ޓްރޭގެ ކުކުޅު ބިސް ލިބިއްޖެ އެވެ.

މުސޮންޑާ ދާދި ފަހުން ވަނީ ޒެމްބިއާގެ ލީގު ޗެންޕިއަން ޕަވާ ޑައިނަމޯސް ދޫކޮށް ޓެންޒޭނިއާ ލީގު އެއްވަނައިގައި މިވަގުތު އޮތް ޔަންގް އެފްރިކަންސް އެސްސީ އަށް ބަދަލުވެފަ އެވެ. ޒެންބިއާ ލީގުގައި ޕަވާ ޑައިނަމޯސްއަށް ކުޅުނު ހަ މެޗުގައި 10 ލަނޑު ކާމިޔާބުކޮށްދީފައިވާ މުސޮންޑާގެ އާ ކްލަބަށް އެންމެ ފަހުން ކުޅެދިން މެޗުގައި ދެއްކި މޮޅު ކުޅުމަށް އިނާމެއްގެ ގޮތުގައި ކުކުޅު ބިސް ޓްރޭތަކެއް ދޭ މަންޒަރު މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ޓެންޒޭނިއާގެ މިޑިއާތަކުން ރިޕޯޓްކޮއްފައިވާ ގޮތުގައި މުސޮންޑާއަށް އިނާމެއްގެ ގޮތުގައި ލިބުނު ފަސް ކުކުޅު ބިސް ޓްރޭގެ ތެރެއިން ދެ ޓްރޭ އެއް ދީފައި ވަނީ ދާދި އެ މެޗުގައި ޖެހި ގޯލަކަށް ކަމަށާއި އަނެއް ތިން ޓްރޭ އަކީ މެޗުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމަށް ލިބުނު އިނާމެއް ކަމަށެވެ.

ޒެމްބިއާގެ ފުޓުބޯޅަ ކުޅުންތެރިޔާ ކެނެޑީ މުސޮންޑާ

ޔަގީނުން ވެސް މިއީ ފުޓްބޯޅަ މެޗެއްގެ މޮޅުކުޅުންތެރިއާގެ މަގާމަށް ދެވުނު ވަރަށް ތަފާތު އެވޯޑެކެވެ.  ނަމަވެސް ޓެންޒޭނިއާ ފަދަ ފަގީރު ގައުމެއްގައި ކުކުޅު ބިހަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. އަދި ވަކީން ހާއްސަކޮށް ފަސް ބިސް ޓްރޭއަކީ ވަރަށް ބޭނުންތެރި އަގުހުރި އިނާމެކެވެ. ޕްރެމިއާ ލީގުގައި ދެވޭ ޕްލާސްޓިކް ޓްރޮފީއަށްވުރެ މި ކުޅުންތެރިންނަށް ހުރިހާ ގޮތަކުންވެސް މި އެވޯޑްގެ އަގު މާބޮޑެވެ.

ޕޮލެންޑުގެ ލީގު މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ދެވުނު އިނާމާއެކު

މިއީ ފުޓްބޯޅަ މެޗެއްގެ މޭން އޮފް ދަ މެޗުގެ މަގާމަށް މިފަދަ އެވޯޑެއް ދެވުނު ފުރަތަަމަ ފަަހަރެއް ނޫނެވެ. މީގެ ކުރިން އެފްރިކާގެ ބައެއް ގައުމުތަކުގެ އިތުރުން ޔޫރަޕްގެ ގައުމެއް ކަމަށްވާ ޕޮލެންޑުގައި ވެސް ލީގު މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ކުކުޅެއް ދީފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.