ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Jan 2023 | 06:28
ޖަޒުބާތުތައް އެއްފަރާތް ނުކޮށް ގައުމެއް ނުހިންގޭނެ: ރައީސް ޞާހިލު

ގައުމު ހަމަމަގަށް ހިންގޭނީ އުސޫލުތަކާއި ހަރުދަނާ ޕްލޭނެއްގެ ތެރެއިން ކަމަށާއި، އެ ކަމަށްޓަކައި ވަރަށް ގިނަ ޖަޒުބާތުތަކާއި އިހުސާސްތައް އެއްފަރާތްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާހިލު ވިދާޅުވެއްޖެ އެވެ. 

ހަނިމާދޫ އިންޓާނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފައްޓަވާދެއްވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާހިލު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު، ސަރުކާރުގެ ހުރިހާ ކަމެއްވެސް ހިންގަވަމުން ގެންދަވަނީ ވަކި އުސޫލުތަކެއްގެ ތެރެއިން ވަކި ވައްޓަފާޅިއަކަށް ކަންކަން ބައްޓަންކުރައްވައިގެން ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އެ އުސޫލުތަކުގެ މަތިން މުޅި ރާއްޖެއަށް ގެންނަ ތަރައްގީގެ ބަދަލު މިސަރުކާރުން އެންމެ ފުރަތަމަ ފަށަނީ ގަލަމު ތުނޑުން ރަނގަޅަށް ދިރާސާ ކުރައްވައި، ހިސާބު ކިތާބުން ނަތީޖާ ހޯއްދެވުމަށް ކަމަށެވެ. އަދި އެއިން ނިކުންނަ ނަތީޖާތަކުގެ މައްޗަށް ޕްލޭނެއް އެކުލަވާލައިގެން މެނުވީ އެއްވެސް މަޝްރޫއުއެއް ނުފައްޓަވާކަމަށް ރައީސް ވިދާޅުވި އެވެ. 

ޕްލޭނެއްގެ ތެރެއިން ނޫނީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެނޭވެކަމަށް ރައީސް ޞާހިލު ވަނީ ވިދާޅުވެފައެވެ. 

"ވިސްނުމާ ފިކުރާ ޙިކުމަތާ ކެތްތެރިކަމާ ނުލާ، ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ. ހަނިމާދޫ ބައިނަލް އަގްވާމީ އެއާޕޯޓު ގެ މަސައްކަތް މިއަދު މިފެށީ އަޅުގަނޑުމެންގެ ގޮތަށް. ހުއްޓިއޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ ގޮތަށް. މިފެށިގޮތަށް ފެށީމާ މާތްﷲ ގެ އިރާދަޔާއިއެކު ދެން މިކަމެއް ނުހުއްޓޭނެ. ފަހަތަކަށްވެސް ނުދާނެ"

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަތީ ފެންވަރުގެ އެއާޕޯޓަކަށް ބަދަލު ކުރަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޓިޓް ލައިންގެ ދަށުން، އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 136 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ. 

ރައީސް ޞާލިހު ވިދާޅުވީ، ބޮޑު ތިލަދުންމަތީގެ ރައްޔިތުންގެ އުންމީދުތަކާއި އެ ސަރަހައްދުގެ ތަރައްގީއާއި ގުޅިފައިވާ އެ މަޝްރޫއު ސަރުކާރުން ފެށީ ފުރިހަމަ ދިރާސާއަކަށްފަހު ކަމަށެވެ. ދެން އެ މަޝްރޫއު ނުހުއްޓި ބާރު ސްޕީޑުގައި ކުރިއަށް ދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.