ސްޕަކަޕް ޓްރޮފީ އާއިއެކު އިންޓަރ މިލާން ކުޅުންތެރިން
ކުޅިވަރު
19 Jan 2023 | 10:26
އޭސީ މިލާން ބަލިކޮށް އިޓާލިއަން ސުޕަކަޕް ޗެންޕިއަންކަން އިންޓަމިލާނުން ހޯދައިފި!

އިޓާލިއަން ލީގު ޗެންޕިއަން އޭސީ މިލާން ފަސޭހަކަމާއި އެކު 3-0 ން ބަލިކޮށް ސްޕަކަޕް ޗެންޕިއަންކަން އިންޓަރ މިލާނުން ހޯދައިފިއެވެ. މިއީ މި މުބާރާތުގެ ޗެންޕިއަން އިންޓަ މިލާނުން ހޯދި 7 ވަނަ ފަހަރެވެ.

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒްގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅެވުނު އިޓާލިއަން ސްޕަ ކަޕްގެ ފައިނަލް މެޗުގެ ވަރަށް ކުރީކޮޅު އިންޓަރ މިލާނުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިއެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިޓަލީގެ ޑިފެންޑަރ ފެޑެރިކޯ ޑިމާކޯ އެވެ. މިއީ އެޓީމުގެ އިޓަލީ މިޑްފީލްޑަރ ނިކޮލޯ ބަރޭލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޒެކޯ އަދި މާޓިނޭޒް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މެޗުގެ ފުރަތަމަ ހާފުގައި އިންޓަރ މިލާނުގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އެޑިން ޒެކޯ އެވެ. މިއީ ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރ އަލެސެންޑްރޯ ބެސްޓޯނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޒެކޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-0 ން އިންޓަރ މިލާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އޭސީ މިލާންނުން ކުޅުން ރަގަޅުކޮށް މިހާފުގައި ރަގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި އިންޓަރ މިލާނުން އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ވޯލްޑްކަޕް ތަރި ލައުޓާރޯ މާޓިނޭޒް އެވެ. މިއީ އެޓީމުގެ ސްލޮވާކިއާ ޑިފެންޑަރ މިލާން ސްކްރިނިއާރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރޭގެ މެޗަކީ އިޓަލީގެ އެންމެ ވާދަވެރި ދެ ކުލަބުގެ މެދުގައި ކުޅެވުނު 234 ވަނަ މެޗެވެ. އަދި މިވަގުތު އިޓާލިއަން ލީގުގެ ދެ ވަނައިގައި އޭސީ މިލާން 18 މެޗުން 38 ޕޮއިންޓާއި އެކު އޮތްއިރު، 18 މެޗުން 37 ޕޮއިންޓާއި އެކު ލަނޑުގެ ތަފާތުން އިންޓަރ މިލާން މިވަގުތު އޮތީ ލީގުތާވަލުގެ ހަތަރު ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.