ބުރޫނޯ ފެނާންޑޭޒް
ކުޅިވަރު
19 Jan 2023 | 11:06
ރަށުން ބޭރުގައި ޕެލަސް އާއި އެއްވަރުވެ މެންޗެސްޓަރ ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު ނަގާލައިފި!

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 1-1 ން އެއްވަރުވެ ލިގުތާވަލުގެ ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑުން ނަގާލައިފިއެވެ.

ލަނޑަނުގެ ސެލްހަރސްޓް ޕާކްގައި ރޭކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ ރަގަޅު ހަމަލާތަކެއް އުފެއްދީ މެންޗެސްޓަރ ޔުނައިޓެޑުން ނެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރަތައް ފަހު ރޭގެ މެޗާއި ހަމައަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އައި މެންޗެސްޓަރ ޔުނައިޓެޑަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޕޯޗުގަލްގެ މިޑްފީލްޑަރ ބުރޫނޯ ފެނާންޑެޒް އެވެ. 

ބުރޫނޯ ފެނާންޑޭޒް މެންޗެސްޓަރ ޔުނައިޓެޑުގެ ގޯލް ކާމިޔާބުކޮށްދެނި

އެންމެ ފަހުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލަނޑުޖެހި ފެނާންޑޭޒް މި ލަނޑު ކާމިޔާބުކޮށްދިނީ ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މި ލަނޑާއި އެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0 ން މެންޗެސްޓަރ ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.

ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ސްކޯކުރި އެންމެ ފަހުގެ 10 މެޗުންވެސް އެޓީމު މޮލުވެފައިވާއިރު މެޗުގެ ދެވަނަ ހާފަށް އެޓީމުން ނުކުތީ އިތުބާރާއެކުއެވެ. ނަމަވެސް ދެވަނަ ހާފުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިން ވަނީ ވާދަވެރި ކުޅުމަކަށް ފަހު މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ކާމިޔާބުކޮށް މެންޗެސްތަރ ޔުނައިޓެޑުގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ.

ފަހުވަގުތު ލަނޑުޖެހުމަށް ފަހު ކްރިސްޓަލް ޕެލަސް ކުޅުންތެރިން އުފާ ފާޅުކުަރަނީ

ކްރިސްޓަލް ޕެލަސްއަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިން ލަނޑު ދެވަނަ ހާފުގެ 91 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރާންސް މިޑްފީލްޑަރ މައިކަލް އޮލީސް އެވެ. ރޭގެ މެޗުން މުހިންމު ދެ ޕޮއިންޓް ގެއްލުމުގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ އިތުރު މައްސަލައެއްވެސް ކުރިމަތިވެފައެވެ. އެއީ މި މެޗުގައި ދެއްކި ރީނދޫ ކާޑާއި އެކު ފަސް ރީނދޫ ކާޑު ހަމަވެ، އަންނަ އާދިއްތަ ދުވަހު ލީގުގެ އެއްވަނާގައި އޮތް އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗަށް ބުރެޒިލްގެ މިޑްފީލްޑަރ ކަސަމިރޯ ވަނީ ސަސްޕެންޑުވެފައެވެ.

ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު 19 މެޗުން މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައި ވަނި 39 ޕޮއިންޓައި އެކު ލީގު ތާވަލުގެ ތިން ވަނައެވެ. ދެވަނައިގައި އޮތް ސިޓީއަށް 18 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ތާވަލުގެ ދެވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ފަހުވަގުތު ކާމިޔާބުކުރި ލަނޑާއި އެކު ލިބުން އެއް ޕޮއިންޓައި އެކު 19 މެޗުން 23 ޕޮއިންޓް ހަމަކޮށް ކްރިސްޓަލް ޕެލަސް މިވަގުތު އޮތީ ޕްރެމިއާ ލީގު ތާވަލުގެ 12 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ