ކްރިމިނަލް ކޯޓު: ފޮޓޯ/ ސަން
ހަބަރު
19 Jan 2023 | 13:38
ވަލު ތެރެއަށް ގެންގޮސް ކުޑަ ކުއްޖަކު ރޭޕުކުރި މީހަކު 40 އަހަރަށް ޖަލަށް

ކުޑަ އަންހެން ކުއްޖަކު ރޭޕު ކުރި މައްސަލައެއް ސާބިތުވި މީހެއް 40 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ. 

2018 ވަނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުގައި އެ ލ.ކަލައިދޫ ވަލު ތެރެއަށް އަންހެންކުއްޖާ ގެންގޮސް ރޭޕުކޮށް އޭނާގެ ބަރަހަނާ މަންޒަރު ރެކޯޑުކޮށް ފޮޓޯނެގި މައްސަލައެއް ފެންމަތިވެފައިވާ އިރު އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލާފައިވަނީ ލ.ކަލައިދޫ، މާކަރީލައިޓް މުޙައްމަދު ޝަޒުލީފުގެ މައްޗަށެވެ. 

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރޭޕުކުރުމުގެ ކުށާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.  

މި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިވާ ކަމަށް ކަނޑައަޅައި މިމަހު 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް ގައި ރޭޕުގެ ކުށުގެ ދައުވާ ސާބިތުވުމުން އޭނާ 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ޤާނޫނު ދަށުން އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

މި 40 އަހަރުގެ ޖަލު ހުކުމްގެ ތެތެއިން އޭނާ ތަންފީޒުކުރަންޖެހޭނީ މި މައްސަލައިގެ ތުހުމަތުގައި ބަންދުގައި އޭނާ ހޭދަކުރި 2 އަހަރާއި 1 މަހާއި 14 ދުވަސް އުނިކުރުމަށްފަހު އޮންނަ މުއްދަތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.