ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު--
ހަބަރު
19 Jan 2023 | 15:09
ރައީސް އެޓޯލް މިނިސްޓަރަށްވެ މާލޭ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލުމަކީ ކުށެއް: ޑރ. ޖަމީލް

‏ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ބޭފުޅެއް، އެޓޯލް މިނިސްޓަރަށްވެ މާލޭ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލުމަކީ ގާނޫނީ ކުށެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ވިލިމާލޭގެ ވެއްޓާއި ގުޅޭގޮތަށް ބަގީ ޚިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެފައި ވަނިކޮށް އެ ރަށުގައި މިނީބަސް ފެށުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ކައުންސިލުން ނުރުހުން ފާޅުކުރަމުން ދަނިކޮށް ސަރުކާރުގެ ކުންފުނި އެމްޓީސީސީން ވަނީ ބަސްތައް ވިލިމާލެއަށް އަރުވާފަ އެވެ. 

އެކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ވިލިމާލެއަށް ސިޓީ ކައުންސިލްގެ ބާރު ނުހިނގާ ޤާނޫނެއް އޮތީތޯ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ އަރިހުން ސުވާލު ކުރައްވާފައެވެ.

އަދި ރައީސް ޞާލިހު، ގާނޫނު ތަކަށް ގޮންޖައްސަވަނީ ރައީސަކަށް ވީތީ ބޭނުން ގޮތެއް ހެދުމުގެ ބާރު އޮތް ކަމަށް ދެއްކިގެންތޯވެސް އޭނާ ސުވާލުކުރެއްވިއެވެ. 

"ވަކި ކަމަކަށް ބެލުމެއްނެތް. ޤާނޫންތަކަށް ރައީސް ޞާލިހު ގޮންޖަހަނީ ރައީސަކަށްވީތީބޭނުން ގޮތެއް ހެދުމުގެ ބާރު އޮތް ކަމަށް ދެއްކިގެން؟ ވިލިމާލެއަށް ކައުންސިލްގެ ބާރު ނުހިނގާ ޤާނޫނެއް އޮތީ؟ ރައީސް އެޓޯލް މިނިސްޓަރވެ މާލޭ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލުމަކީ ކުށެއް. ޢައިރު ގާނޫނީކަމެއް" ޑރ. ޖަމީލް ވިދާޅުވި އެވެ. 

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގައި ރަސްމީ ސިޓީއަކުން މާލެ ސިޓީ ކައުންސިލަށް އެ ހުއްދަވެސް ދީފައެވެ.

އަދި ސިޓީ ކައުންސިލުން އެ ޚިދުމަތްދޭން ނިންމީ އޮންނަ ނިޒާމުގެ ތެރެއިން ސަރުކާރާއި ގުޅިގެން ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެ ޚިދުމަތް ފެށުމުގެ ފަހު މަރުހަލާގައި އޮއްވާ ކުއްލިއަކަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.