ޖަންނަތުގެ އެންމެ ފުރަތަމަ ޓީޒާގެ ތެރެއިން..
ލައިފްސްޓައިލް
03 Aug 2026 | 14:47
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް

ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރަމުން އައި ޑާކްރެއިނުގެ ޖަންނަތު އޮލިމްޕަހުގައި މިރޭ ޕްރިމިއާ ކުރުމަށް ނިންމާފައިވާއިރު، ޕްރެމިއާ ޝޯއަށް ބާރުބޮޑުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމަށް އެހާ ބާރުބޮޑުވީ ފިލްމުގެ ބާވަތުން ގިނަބަޔަކު ފިލްމު ބެލޭ ކެޓަގަރިއެއްގެ ފިލްމަކަށް ވުމުންނެވެ. ޖަންނަތު މި ފިލްމަކީ ހުރިހާ އުމުރުފުރައަކަށްވެސް ބެލޭގޮތަށް ރޭޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލުމާއެކު ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެންދިޔައިރު، ދެވަނަ ޓީޒާ އާއްމުކުރުމާއެކު އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެންގޮސްފައެވެ.

ޖަންނަތު މި ފިލްމަކީ އަހުމަދު ތޮލާލް އަދި އާއިޝަތު ފުއާދުގެ ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ބިނާކޮށް އަލީ ޝިފާޢު ޑައިއިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާ ތަރިންނަށް ބަލާއިރު، ޝަރަފް ޢަބްދުﷲ، އާމިނަތު ޝުހާގެ އިތުރުން އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ހިމެނެއެވެ. 

މި ފިލްމުގައި ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ބައްޕައަކު އޭނާގެ ދަރިފުޅާއެކު ވުމަށް ކުރާ މަސައްކަތެވެ. ފިލްމުގެ ދެވަނަ ޓްރެއިލާއަށް ބަލާލުމުން މި ފިލްމުގެ ކިތަންމެހާވެސް އަސަރުގަދަވާނެކަން އެނގެއެވެ. ފަނޑިޔާރު މަނިކުފާނުގެ ކުރިފުޅުމަތީގައި ނިޔާ އިއްވުމަށް ތައްޔާރުވަމުން އެދަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ ބައްޕައާ އެ ކުއްޖާ ހަވާލުކުރާނީތޯ ނުވަތަ ނޫންތޯއެވެ. ކޮންމެގޮތެއްވިއަސް ފަނޑިޔާރު މަނިކްފާނު އިއްވަވާ ނިޔާ މިރޭ ބެލުންތެރިންނަށް އެނގިގެންދާނެއެވެ.

ފިލްމުގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން، 9911229 އަށް ވައިބާކޮށްލުމުން ޓިކެޓް ބުކްކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. ޑާކްރެއިން ޓީމުން ދަނީ އަތޮޅުތެރޭގެ ރަށްތަކުގައިވެސް ޖަންނަތު އެޅުވުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން 7779621 ނަމްބަރަށް ގުޅާލުމުން އެކަމުގެ އިންތިޒާމްތައް ހަމަޖެހޭނޭކަމަށް ޑާކްރެއިނުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.
23 Aug 2026
ކުދި ޖަޒީރާ ޤައުމުތައް އީޖާދީ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ގޮވާލައްވައިފި
ސުމޭކު ގުޅުންތައް މިހާރު ހަމައެކަނި މުވާސަލާތުގެ ވަސީލަތެއް ނޫން ކަމަށާއި ވިޔަފާރިއާއި މާލީ ޚިދުމަތާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް އެ ގުޅުންތައް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ