ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު
20 Jan 2023 | 00:32
ޕީއެސްޖީ އާއި ސައުދީ އޯލްސްޓާ ވާދަކުރި މެޗު 5-4 ން ޕީއެސްޖީ އިން ކާމިޔާބުކޮށްފި

އެކުވެރިކަމުގެ މެޗެއްގައި މިރޭ ސައުދީ އޯލްސްޓާ ޓީމާއި ފުރާންސްގެ ޕީއެސްޖީ ވާދަކުރި މެޗު 5-4 ން ޕީއެސްޖީއިން ކާމިޔާބުކޮށްފިއެވެ. ސައުދީގެ ވެރިރަށް ރީޔާޒުގެ ކިންގް ފަހުދު އިންޓަނޭޝަނަލް މެޗުގައި މިރޭ ކުޅެވުނު މެޗުގައި ޕީއެސްޖީ ޓީމުގައި ލިއޮނަލް މެސީ، އެމްބާޕޭ އަދި ނޭމާ ފުރަތަމަ އެގާރާގައި ހިމެނި ކުޅެފައިވާއިރު ސައުދީ އޯލްސްޓާ ޓީމުގެ ކެޕްޓަނަކީ ދާދިފަހުން އެގައުމުގެ އަލް ނަސްރު ޓީމާއި ގުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ

މިރޭގެ މެޗު ފެށިގެން ތިން ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ޕީއެސްޖީއަށް މެޗުގެ ލީޑު ހޯދައިދީފައެވެ. މިއީ ބްރެޒިލްގެ ތަރި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެސީ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގައި ޕީއެސްޖީ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް ސައުދީ އޯލްސްޓާ ޓީމުން ކާއުޓަރ އެޓޭކުގައި ދިޔައީ ޕީއެސްޖީގެ ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީއްޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިނެވެ.

މެޗު ފެށުމުގެ ކުރިން މެސީ އާއި ރޮނާލްޑޯ އެކުގައި

މެޗުގެ ނަތީއްޖާ 1-1 ން އެއްވަރުވެފައި ވަނިކޮށް ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ރެފްރީ ވަނީ ޕީއެސްޖީގެ ސްޕެނިޝް ޑިފެންޑަރ ޖުއާން ބާނަޓް ސައުދީ އޯލްސްޓާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން އޭނައަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެއްކުޅުންތެރިއެއް މަދުކޮށް ކުޅެމުންދިޔަ ޕީއެސްޖީއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދައިދިނީ ބުރެޒިލްގެ ޑިފެންޑަރ މާކުއިންހޯސް އެވެ. މިއީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅަކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގައި ނޭމާ ފޮނުވާލި ޕެނަލްޓީ ސައުދީ އޯލްސްޓާ ޓީމުގެ ކީއްޕަރު ދިފާއު ކުރިއެވެ.

ޕީއެސްޖީ އިން 2-1 ގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިމެންދަނިކޮށް ސައުދީ އޯލްސްޓާ ޓީމަށް ދެވަނަ ފަހަރަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދިނީ ވެސް މިރޭގެ މެޗުގައި މޮޅުކުޅުމެއްދެއްކި ރޮނާލްޑޯއެވެ. މިއީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޕީއެސްޖީގެ ގޯލުކުރިމައްޗަށް ހުރަސްވި ބޯޅަ އެއް ރޮނާލްޑޯ ބޮޅުން ފޮނުވާލުމުން ގޯލް ދަނޑީގައި ޖެހިފައި ނުކުތުމުން ދެވަނަ ފަހަރަށް މުޅިންހުސްކޮށް ހުރެ ގޯލުތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފު ފެށިގެން 53 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްޕެއިންގެ ތަޖުރިބާކަރު ޑިފެންޑަރ ސާޖިއޯ ރާމޮސް މިރޭގެ މެޗުގައި ތިން ވަނަ ފަހަރަށް ޕީއެސްޖީއަށް ލީޑު ހޯދައިދިނެވެ. އޭގެ ތިން މިނެޓުފަހުން 56 ވަނަ މިނެޓުގައި ސައުދީ އޯލްސްޓާ މިރޭގެ މެޗުގައި ތިން ވަނަ ފަހަރަށް މެޗުގެ ނަތިއްޖާ އެއްވަރުކޮށްދިނީ ސައުތު ކޮރެއާގެ ޑިފެންޑަރ ހިއުން-ސޯ ޖަންގް އެވެ.

މިރޭގެ މެޗުގައި ހަތަރު ވަނަ ފަހަރަށް ޕީއެސްޖީއަށް ލީޑް ހޯދައިދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެމްބާޕޭ އެވެ. އަދި އެޓީމުގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސްގެ ޒުވާން ފޯވާޑް ހޫގޯ އެކިޓިކޭ އެވެ. މެޗުގެ އިތުރު ވގުތުގެ ތެރޭގައި ސައުދީ އޯލްސްޓާ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރ އެންޑަސަން ޓަލިސްކާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ