ލިއަންޑްރޯ ޓްރޮސާޑް
ކުޅިވަރު
20 Jan 2023 | 18:28
ބްރައިޓަންގެ ލިއަންޑްރޯ ޓްރޮސާޑް އާސެނަލުން އަށް!

ބްރައިޓަންގެ ބެލްޖިއަމް މިޑްފީލްޑަރ ލިއަންޑްރޯ ޓްރޮސާޑް 27 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން ޕްރެމިއާ ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލް އާއި ގުޅިއްޖެއެވެ.

ޓްރޮސާޑްގެ އެޖެންޓް އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮއްފައިވާގޮތުގައި، އުމުރުން 28 އަހަރުގެ މިޑްޕީލްޑަރ އާއި ބްރައިޓަންގެ މިހާރުގެ ކޯޗު ޒާބީއާ ދެމެދު އުފެދުނު ހިޔާތާފާތުވުން ތަކެއްގެ ސަބަބުން އޭނާ ހުރީ ކުލަބް ދޫކޮށްލަން ބޭނުންވެފައެވެ. ބެލެވޭ ގޮތުގައި ޓްރޮސާޑް އާ ކޯޗާ މައްސަލަ ޖެހުނީ ޓީމު ސެލެކްޝަންގެ ތެރެއިން ޖެހުނު މައްސަލަތަކެއްގެ ތެރޭގައެވެ. އަދި އެ މައްސަލަ އިތުރަށް ގޯސްވީ، ހުއްދަނެތި ތަމްރީނުތައް ދޫކޮށް ދިޔުމުން ކަމަށް ނޫސްތަކުން ރިޕޯޓްކޮއްފައި ވެއެވެ.

ލިއަންޑްރޯ ޓްރޮސާޑް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އާސެނަލުން ޓްރޮސާޑް ގެންދަން މަސައްކަތް ފެށީ، ޝަކްތާ ޑޮނެސްކަށް ކުޅެމުން ދިޔަ ޔުކްރެއިންގެ ވިންގް، މައިހައިލޯ މުޑްރީކް ގެންދަން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. މުޑްރީކް އާސެނަލްގެ ހުށަހެޅުން ގަބުލުކުރުމަށްފަހު، ފަހުވަގުތު އޭނަގެ ނިންމުން ބަދަލުކޮށް ދިޔައީ ވާދަވެރި ޗެލްސީއަށެވެ.

ޓްރޮސާޑަކީ މި ސީޒަނުގައި ބްރައިޓަން ޓީމުގައި އެންމެ ފޯމު ރަނގަޅުކޮށް ހުރި އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި ސީޒަނުގައި ބްރައިޓަން އަށް ލީގުގައި ހަތް ގޯލް ޖަހައިދީ، ތިން އެސިސްޓް ފުރިހަމަ ކޮށްދީފައެވެ.

ޓްރޮސާޑްގެ ކުޅުން ސީޒަނުގައި އެންމެ ފާހަގަކޮށްލެވުނީ ލިވަޕޫލާ ދެކޮޅަށް ބްރައިޓަނުން ލީގުގައި ކުޅުނު މެޗުގައެވެ. އެ މެޗު 3-3 އިން އެއްވަރުވެފައިވާ އިރު، މެޗުގައި ޓްރޮސާޑް ވަނީ ބްރައިޓަނަށް ހެޓްރިކް ހަދައިދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.