އިދިކޮޅުގެ ޕްރެސް ކޮންފަރެންސްގައި ސައީދު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Jan 2023 | 21:11
ހަނިމާދޫ އެއާޕޯޓަށް ޖީއެމްއާރަށް ދިން ވަރުގެ ބޮޑު ބަދަލެއް ދޭން ޖެހޭނެ: ސައީދު

މި ސަރުކާރުން ހަނިމާދޫ އިންޑިއާއަށް ވިއްކާލައިފިކަމަށާއި، އެތަނުގައި ތަރައްގީކުރަން އުޅޭ އެއާރޕޯޓު ހޯދަން މީގެ ކުރިން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިން ވަރުގެ ބޮޑު ބަދަލެއް ދޭން ޖެހޭނެކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާއަށް ބަދަލުދިނުމަށް ހޯދި ފުރުސަތެއް ކަމަށެވެ. 

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރި ނަމަވެސް ސަރުކާރުން އެ އަންދާޒާކުރާ މިންވަރާއި ގާތަށްވެސް ފަތުރުވެރިން ނާންނާނެކަމަށް ސައީދު ވިދާޅުވިއެވެ. ފަތުރުވެރިން އިތުރުކުރާ ވާހަކަ ދައްކާއިރު ކޯވިޑާއި ގުޅިގެން ބަންދުކުރި އައްޑޫ ސިޓީގެ ދެ ރިސޯޓުވެސް ސަރުކާރަށް ހުޅުވާދެވިފައި ނުވާކަމަށާއި ހަނިމާދޫގައި އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ ފަތުރުވެރިން އިތުރުކުރުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

" ދެން މި ބުނަނީ އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެންނަންވެގެންނޭ، ބުނާއިރު އައްޑޫއަށް މި އުޅެނީ ފަތުރުވެރިކަމަށް ހުޅުވި ރިސޯޓުތައް.. މި ހުޅުވައިގެން ހިންގި ރިސޯޓުތައްވެސް.. ކޮވިޑާއި ގުޅިގެން ލެއްޕި ރިސޯޓުތައް.. ހިންގި ރިސޯޓުތައްވެސް ނުހުޅުވިގެން މި އުޅެނީ.. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް 1 މިލިއަން ފަތުރުވެރިން ގެންނަން ކިތައް މިލިއަން ނެގިތޯ؟ 30..40..50 އަހަރު ވެގެން މިޔޮއް ދިޔައީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު މިވީ އަދި ކިރިޔާ 2 މިލިއަން ފަތުރުވެރިން އައީ"

ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު 

ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށް އެރުވުނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ކުރެއްވި ބުރަ މަސައކަތްޕުޅުގެ ސަބަބުންކަމަށެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ރައީސް ޔާމީންގެ ޒައާމަތުގައި ބޮޑު ބަދަލެއް ދޭން ޖެހުނުކަން ސައީދު ފާހަގަކުރެއްވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީވެސް ޖީއެމްއާރަށް ދިވެހިންގެ މައި ދޮރޯށި ވިއްކާލުން ފަދަ ޖަރީމާއެއް ކަމަށެވެ. މިފަހަރު އެ އެއާޕޯޓު ވިއްކާލާފައިވަނީ ވާދަވެރި ސިޔާސީ ލީޑަރު ޖަލުގައި ބަހައްޓައިގެން ކަމަށާއި، ދެން އެ އެއާޕޯޓު ހޯދަން ބޮޑު ބަދަލެއް އިންޑިއާއަށް ދޭން ޖެހޭނެކަމަށް ސައީދު ވިދާޅުވިއެވެ. 

"މީގެ ކުރިން ޖީއެމްއާރަށް ކޮމްޕެންސޭޝަނެއް ދީފައި އޮއްވާ އިދިކޮޅު ލީޑަރު، ރައީސް ޔާމީން ހައްޔާރުކޮށްފައި އަނެއްކާ ދެވަަނަ ކޮންޕެންސޭޝަނެއް މި ހޯދީ ހަނިމާދޫ މެދުވެރިކޮށް"

ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު 

ހަނިމާދޫގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާއި ގުޅިގެންވެސް އިދިކޮޅުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެއާޕޯޓު ތަރައްގީކުރުމަށް ހަނިމާދޫއިން މީހުން ދިރިއުޅޭ ސަރަހައްދުން 4 ލައްކަ އަކަފޫޓުގެ ބިން ދޫކުރުމާއި ގުޅިގެން ހަނިމާދޫ ރައްޔިތުން މީގެ ކުރިން މުޒާހަރާވެސް ކޮށްފައިވެއެވެ. 

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ 2.1 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އޭގެ ތެރެއިން 800 މިލިއަން ރުފިޔާއަކީ އިންޑިއާގެ ލޯނު އެހީއެވެ. 

އިގްތިސާދީގޮތުން ދަތި މިހާލަތުގައި ބޮޑު ލޯނެއް ނަގައިގެން އެފަދަ މަޝްރޫއެއް ހިންގަމުންދާތީ އިދިކޮޅުން ގެންދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އަދި 2.1 ބިލިއަން ރުފިޔާއަކީ ހަނިމާދޫ އެއާޕޯޓު ވަރުގެ 3 އެއާޕޯޓު އެޅޭނެ ފައިސާކަން އެ ފަރާތްތައް ފާހަގަކުރައްވަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.