އަނދުން ހުސެއިން ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
21 Jan 2023 | 15:34
މާލޭ ރައްޔިތުން ތިބީ ރައީސް ޞާލިހަށް ވޯޓު ދޭ ހިތުން ކެތްމަދުވެފަ: އަނދުން ހުސެއިން

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާހިލަށް ވޯޓު ދޭ ހިތުން މާލޭ ތައްޔިތުން ތިބީ ކެތްމަދުވެފައިކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ. 

ކާނިވާ ސަރަހައްދުގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އަނދުން ހުސެއިން ވަނީ ރައީސް ސޯލިހަށް އެމްޑީީގެ ޕްރައިމަރީ ކާމިޔާބުކޮށްދިނުމަށް މާލޭ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދޭން ޖެހޭ ސަބަބުތަކަށް އަލިއަޅުވާލައްވާފަ އެވެ. 

އަނދުން ހުސެއިންގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ރައީސް ޞާލިހުގެ ކެމްޕޭނަށް ދޮރުން ދޮރަށް ކުރި ޒިޔާރަތުގައި މާލޭގެ 7 ދާއިރާއެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށެވެ.

އެ ދާއިރާތަކުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ދާއިރާތައް ތަމްސީލު ކުރައްވާ މެމްބަރުން ރައީސް ޞާލިހު ދޫކޮށްލާ މި އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ގުޅިވަޑައިގަތުމުން އޮތް ކަންބޮޑުވުންކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެ ރައްޔިތުންނަށް ސަރުކާރުން ދޫކުރާ ގޯތި ނުލިބިދާނެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައިވާކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. 

ރައީސް ޞާލިހާއި ދެކޮޅު މެމްބަރުން ތަމްސީލުކުރައްވާ ދާއިރާތަކުގެ ރައްޔިތުންގެ އެ ކަންބޮޑުވުމާއި ގުޅިގެން އަނދުން ހުސެއިން ވިދާޅުވީ އެ ދާއިރާތަކުގެ މެމްބަރުން ރައީސް ޞާލިހުގެ ފަހަތްޕުޅުގައި ނެތް ނަމަވެސް ރައްޔިތުންނަށް ލިބެން ޖެހޭ ގޯތި ދޫކުރުމުގައި އެމަނިކުފާނު ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. 

"އަޅުގަނޑު ދަންނަވާނީ ޔަގީން ކުރައްވާށޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އިތުބާރުކުރައްވާށޭ.. ތިބޭފުޅުންގެ މެމްބަރުން ކޮންމެތާކު ހުއްޓަސް، ރައީސް ތިބޭފުޅުންނަށް ހައްގުވާ ގޯތި ތިބޭފުޅުން ރަނގަޅަށް ފޯމު ފުރާފައި ރަނގަޅަށް ލާފައި އޮތްކަމަށް ވާނަމަ ދެއްވާނެއޭ"

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން 

އަނދުން ހުސެއިން ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމުގެ މަސައްކަތަކީ ކުރީ ސަރުކާރުތަކުން ދޫކޮށްލާފައިވާ މަސައްކަތެއްކަމަށެވެ. 

ޚުދު އެމްޑީޕީގެ ވެރިކަމުގައި ނަޝީދު ހުންނަވައިގެން މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ގޯތި ދޫކުރެއްވިފައި ނުވާކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރެވިގެން ދިޔައީ ރައީސް ޞާލިހުގެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެމްޑީޕީގެ ފުރަތަަމަ ވެރިކަމުގައި މާގިނަ ގޯތި އަޅުގަނޑުމެންނަށް ލިބުނުކަމަށް އުޅެނީ.. ނޫން! 230 ހަކަށް ގޯތި ދެވިގެން އުޅެނީ.. މީ ހިސާބު ނޭނގޭތީ.. މާލޭގެ ރައްޔިތުންނަށް ބޭނުންވަނީ ކިތައް ގޯތިކަން،، ހިސާބު ޖެހި ނޭނގޭވަރު އެއީ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވަނީވެސް 5000 އިން"

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން 

އަނދުން ހުސެއިން ވިދާޅުވީ ރައީސް ޞާލިހަކީ އެހެން ލީޑަރުންނާއި ތަފާތު ބޭފުޅެއްކަމަށެވެ. އެގޮތުން އެމަނިކުފާނަކީ ހަގީގީ މާނައިގައި ރައްޔިތުންނަށް ފަޚުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހޯއްދަވާދެއްވުމަށް މަސައްކަތް ކުރައްވާ ލީޑަރެއްކަން މާލޭގެ ރައްޔިތުންވެސް ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިފަދަ އެތައް ސަބަބުތަކެއް ހުރުމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާހިލަށް މާލެއިން ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާ އަނދުން ހުސެއިން ވަނީ 28 ވަނަ ދުވަހު އޮންނަ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިހަށް ކާމިޔާބުކޮށް ދެއްވުމަށް މާލޭގެ އެމްޑީޕީގެ މެމްބަރުން ވޯޓުލުމަށް ނިކުތުމަށް އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.