ރައީސް ޞާލިހު ކާނިވާގައި އޮތް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
21 Jan 2023 | 09:55
އެމްޑީޕީ ނޫން އެންމެން އެމްޑީޕީއާ ދެކޮޅުވުމަކީ އާންމު މެމްބަރުންގެ ކުށެއް ނޫން: ރައީސް ޞާލިހު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނޫން އެންމެން އެމްޑީޕީއާއި ދެކޮޅުވުމަކީ ޕާޓީގެ އާންމު މެމްބަރުންގެ ކުށެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އޮތް އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީ އެކަހެރިވެ ބާކީ ވުމަކީ އާންމު މެމްބަރުންގެ ކުށެއް ނޫންކަމަށެވެ. މާޒީގައި އެފަދަ ކަންކަން ދިމާވެފައިވާކަމަށާއި، އެކަމުގެ ސަބަބުން އާންމު މެމްބަރުންނަށް ނިކަމެތިކަން ތަޖުރިބާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"އެމްޑީޕީ ނޫން އެންމެން އެމްޑީޕީއާއި ދެކޮޅުވެރިވެ އެމްޑީޕީ އެކަނިވެ މަގުމަތިވާން ޖެހުމަކީ އެމްޑީޕީގެ މެމްބަރުންގެ ކުށެއް ނޫން. ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ފުރުސަތު ގެއްލިއްޖެނަމަ ކަން ދިމާވާ ދެރަ ގޮތް އަޅުގަނޑުމެން ތަޖުރިބާކޮށްފިން"

ރައީސް ޞާލިހު 

އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް ކޯލިޝަން ދެމެހެއްޓުން މުހިންމުކަމަށް ރައީސް ޞާލިހު ގެންދަވަނީ ވަކާލާތުކުރައްވަމުން ނެވެ. އެގޮތުން ކޯލިޝަނަކާއި ނުލާ އެއްވެސް ސިޔާސީ ޕާޓީއަކަށް ވެރިކަމަށް އާދެވިދާނެކަމަށް އެމަނިކުފާނު ގަބޫލުފުޅެއް ނުކުރައްވައެވެ. 

މާޒީގެ ތަޖުރިބާއަށް ބަލާއިރު، މި އިންތިޚާބުގައި ރައީސް ޞާލިހާއި ވާދަކުރައްވަން ނިކުމެވަޑައިގެން ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ގެއްލުނީވެސް ކޯލިޝަން ދަމަހައްޓަން އެނގިނުލެއްވުމުން ކަމަށާއި، އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް ނަޝީދަށް ގެއްލުނީ އެމަނިކުފާނާއި އެއްގަލަކަށް އަރާނެ ސިޔާސީ ޕާޓީއެއް ނެތުމުންކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. 

އެހެން ވުމުގެ ސަބަބުން، އެމްޑީޕީގެ އާންމު މެމްބަރުންނަށް ގިނަ ދުވަސްތަކެއް ވަންދެން މަގުމަތީގައި ތިބެން ޖެހުނު ކަމަށާއި، އަނބުރާ އެ މާޒީ އިޔާދަވާން އާންމު މެމްބަރުން ބޭނުން ނުވާކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.