ނަޕޯލީ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
22 Jan 2023 | 11:21
އެއްވަނައިގައި ނަޕޯލީ އިން ތަފާތު ބޮޑުކޮށްފި!

އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ސެލާނިޓާނާ އާ ވާދަކޮށް 2-0 އިން މޮޅުވެ، ނަޕޯލީ ޓޭބަލްގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

ރޭގެ މެޗުގައި ނަޕޮލީއަށް ލީޑު ހޯދައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިޓަލީގެ ޑިފެންޑަރ ޖިއޮވާނީ ޑި ލޮޒާނޯ އެވެ. މިއީ އެޓީމުގެ ކެމަރޫން މިޑްފީލްޑަރ އަންދްރޭ ޒަމްބޯ އަންގުއިސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓަލާންޓާ އަތުން 8-2 ބަލި ސެލާނިޓާނާ އިން މި މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީ އާއި ދެކޮޅަށް ރަގަޅު ދިފާއީ ކުޅުމެއް ދައްކައިދީފައިވެއެވެ.

ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސީމެން

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ނަޕޯލީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސީމެން އެވެ. މިއީ މިސީޒަނުގައި އިޓާލިއަން ލީގުގައި ކުޅުނު 15 މެޗުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އަދި ރަން ބޫޓު ހޯދުމުގެ ރޭހުގައި އޭނާ އެއްވަނައިގައި އޮތީ އިންޓަ މިލާނުގެ ލައުޓާރޯ މާޓިނޭޒް އާއި އެޓަލާންޓާގެ އަޑެމޯލާ ލުކްމަން އަދި ސްޕީޒިއާގެ އެމްބާލާ އެންޒޯލާ އަށް ވުރެ ހަތަރު ގޯލު ކުރީގަ އެވެ.

މި ނަތީޖާއާ އެކު ނަޕޯލީ ވަނީ މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުން 50 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 18 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. އަދި އިންޓަ މިލާން ތިންވަނައިގައި އޮތީ 18 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.

އެއްވަނައިގައި ނަޕޯލީ އިން 12 ޕޮއިންޓްގެ ލީޑަކާއެކު އޮތް ނަމަވެސް، އަންގާރަ ދުވަހުގެ ރޭ އޭސީ މިލާނުން ހަތަރު ވަނައިގައި އޮތް ލާޒިއޯ ބަލި ކޮށްފި ނަމަ އެ ފަރަގު ނުވަ ޕޮއިންޓަށް ކުޑަ ކުރެވޭނެ އެވެ.

މި ސީޒަން ގައި ނަޕޯލީ މިހާތަނަށް ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ މި އަހަރުގެ ފުރަތަމަ މެޗުގައި އިންޓަ މިލާން އަތުން 1-0 އިންނެވެ. ޑިއޭގޯ މަރަޑޯނާގެ ކެޕްޓަން ކަމުގައި 1986/1987 ސީޒަނާއި 1989/1990 ސީޒަންގައި ނަޕޯލީ އިން އިޓާލިއަން ލީގު ކާމިޔާބުކޮށްފައި ވާއިރު މިފަހަރު ލީގު ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީވެސް އެޓީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.