ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި މުހައްމަދު ނާޝިޒު
ހަބަރު
22 Jan 2023 | 22:23
ރައީީސް ޞާލިހަށް ކެމްޕެއިން ކޮށްދޭ މީހުންނާ ދިމާކުރުން ކުށްވެރި ކުރަން: ނާޝިޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކެމްޕެއިން ކޮށްދޭ މީހުންނާ ދިމާކޮށް ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަަމަށާ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް އެމަނިކުފާނުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.

ނާޝިޒު މިފަދައިން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ބ. ތުޅާދޫއަށް ވަޑައިގަތުމުން ގިނަ ބަޔަކު ނިކުމެ މުޒާހަރާކުރުމުން އެކަމަށް ތާއީދު ކޮށް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ޝުޢޫރު ފާޅުކުރަމުންދަތީ އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. 

ނާޝިޒް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީތަކުގައި އަަބަދުވެސް ވާދަވެރި ކެންޕެއިނެއް ހިނގާ ކަމަށެވެ. އަދި ދުވަހަކުވެސް ހަމަޖެހުން ނަގާލަން މިހާތަނަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާ އެހެންނަމަވެސް މިފަހަރުގެ ރިޔާސީ ޕްރައިމަރީ ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ފެންނަނީ ރައީސް ޞާލިހަށް ކެމްޕެއިން ކޮށްދޭ މީހުންނާ ދިމާކޮށް ކުރީން އޮތް ރީތި އުސޫލުތައް މުގުރާލާ ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތް ކުރާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ނާޝިޒު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ވާދަވެރި ރައީސް ޞާލިހު ގެ ކެންޑިޑޭޓު ރައީސް ނަޝީދަށް ތާއީދުކުރާ މީހުންގެ ފަރާތުން އެފަދަ ހުތުރު ޢަމަލު ތަކަށް ތާއީދު ކޮށް، އެކަން ޕްރޮމޯޓް ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. 

ހިސާން މިއަދު ތުޅާދޫއަށް ވަޑައިގަތުމާއެކު ގިނަ ރައްޔިތުންތަކެއް ނިކުމެ ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. އަދި އެ މީހުންވަނީ ހިސާންގެ ފަހަތުން އަޑުގަދަ ކުރަމުން ހިނގާ މި ސަރުކާރުގެ ނުފުއްދި ހުރި ވައުދުތަކުގެ ވާހަކަވެސް ދައްކާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.