އެޑީ އެންކެޓިއާ
ކުޅިވަރު
23 Jan 2023 | 02:29
އާސެނަލް ކައިރިން ޔުނައިޓެޑަށް ސަލާމަތެއް ނުވެވުނު!

އިގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ވަދަކުރި މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއި އެކު 3-2 ން މޮޅުވެ ލީގުގެ އެއްވަަނައިގައި އާސެނަލް އިން ފަސް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

އާސެނަލްގެ އެމިރޭޓް ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އާސެނަލް އަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި އިގިރޭސި ފޯވާޑް އެޑީ އެންކެޓިއާ އެވެ. މިއީ އެޓީމުގެ ސުވިޒަލެންޑް މިޑްފީލްޑަރ ގްރެނިޓް ޒަކާ ތަވަނަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މާކަސް ރަޝްފޯޑް ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހު އުފާ ފާޅުކުރަނީ

ދެވަނަ ހާފު ފެށިގެން 53 ވަނަ މިނެޓުގައި އާސެނަލްއަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރ ބުކަޔޯ ސަކާ އެވެ. މިއީ އެޓީމުގެ ޖަޕާން ޑިފެންޑަރ ޓަކެހިރޯ ޓޮމިޔާސޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސަކާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އާސެނަލް އިން ލީޑުނެގިތާ ހަ މިނެޓުފަހުން މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރ ލިސެންޑްރޯ މާޓިނޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން އާސެނަލް މޮޅުވި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެޑީ އެންކެޓިއާ އެވެ. 

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ލީގުގައި ކުޅުނު 19 މެޗުން އާސެނަލް އަށް ވަނީ 50 ޕޮއިންޓު ލިބިފައެވެ. މިރޭގެ މެޗުން ބަލިވި މެންޗެސްޓަރ ޔުނައިޓެޑް 20 ލިބުނު 39 ޕޮއިންޓާއި އެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.