ޓަލިސްކާ އާއި ރޮނާލްޑޯ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
23 Jan 2023 | 02:58
ރޮނާލްޑޯގެ ފުރަތަމަ މެޗުގައި އަލް ނަސްރަށް އުދަގޫ މޮޅެއް!

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިއާގެ ގޮތުގައި ސައުދިއަރަބިއާގެ އަލް ނަސްރު އަށް ބަދަލުވި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި އަލް އިއްތިފާގް އާއި ވަދަކޮށް 1-0 ން އެޓީމު މޮޅުވެއްޖެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ އަލް ނަސްރު އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ލަނޑުޖަހާނެ މަގިނަ ފުރުސަތުތަކެއް އެޓީމަށް ހޯދިފައެއްނުވެއެވެ.  މިރޭގެ މެޗުގައި ފެނިގެން ދިޔަ ހަަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރ އެންޑަސަން ޓަލިސްކާ އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 12 މެޗުގައި އޭނާ ކާމިޔާބުކުރި 12 ވަނަ ލަނޑެވެ. އަދި މިވަގުތު ސައުދީ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައިވެސް އުޅެނީ ޓަލިސްކާ އެވެ.

މިރޭގެ މެޗުގެ އަލް ނަސްރު ޓީމުގެ ފުރަތަމަ އެގާރަ

މިރޭގެ މެޗުގެ ދެވަނަ ހާފުގައި އަލް ނަސްރު އިން ކުޅުން ރަގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މި މެޗުގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިރޭގެ މެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް މި މެޗުގައި ރޮނާލްޑޯގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު މިރޭގެ މެޗުބެލުމަށް ދަނޑަށް ވަދެތިބި އަލް ނަސްރުގެ ސަޕޯޓަރުންގެ ފަރާތުން ރޮނާލްޑޯއަށް ހޫނު ތަރުހީބެއް ލިބިިގެން ގޮސަފައިވެއެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއްވަނައިގައި އަލް ނަސްރު އޮތީ ކުޅުނު 14 މެޗުން ލިބުނު 33 ޕޮއިންޓާއި އެކުގައެވެ. ދެވަނަގައި އޮތް އަލް ހިލާލް އަލް 15 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި އަލް އިއްތިފާގް މިވަގުތު އޮތީ 14 މެޗުން ލިިފައިވާ 16 ޕޮއިންޓާއި އެކު ތާވަލުގެ 10 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.